ޚަބަރު

ކޮވިޑް-19 ވައިރަސްއާ ގުޅިގެން، ކޯޓުން ޚިދުމަތް ހޯއްދަވާ ފަރާތްތަކާއި ކޯޓުގެ މުވައްޒަފުންގެ ސަލާމަތައްޓަކައި އަޅާނެ ފިޔަވަޅުތަކެއް ނިންމަވައިފި

ކޮވިޑް-19 އާ ގުޅިގެން، ކޯޓުން ޚިދުމަތް ހޯއްދަވާ ފަރާތްތަކާއި ކޯޓުގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އަޅާނެ ފިޔަވަޅުތަކެއް ނިންމަވައިފިއެވެ. މިގޮތުން، ކޮވިޑް-19 ގެ ޙާލަތު ރަނގަޅުވަންދެން ވަގުތިގޮތުން ކާވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް މެދު ކަނޑާލުމަށްފަހު ޕްރެޒެންޓޭޝަންތައް ޕީ.ޑީ.އެފް ކޮށް އީމެއިލްކުރުން. ކޯޓުން ބޭރުގައާއި ނުރަސްމީގަޑީގައިކުރާ ކާވެނިތައް ކޮށްދިނުން ވަގުތީގޮތުން ހުއްޓާލުން. (އެހެންނަމަވެސް މިހާރު ސްލިޕް ދީފައިވާ ...

Read More »

2020 ފެބުރުވަރީ 20 ވަނަ ދުވަހު ފެމިލީ ކޯޓުން ކާވެނި ޢަޤުދުކޮށްދިނުން

2020 ވަނަ އަހަރުގެ، ހުރިހައި ދުވަހެއްގައި ފެމިލީ ކޯޓުން ކާވެނިކޮށްދޭގޮތަށް ހަމަޖައްސާފައިވާއިރު، މިހިނގާ 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހަކީ، ފެމިލީކޯޓުގައި ގިނަ ޢަދަދެއްގެ ކާވެނި ކޮށްދިނުމަށް ހަމަޖެހިފައި ދުވަހެކެވެ. 2020 ފެބުރުވަރީ 20 ވަނަ ދުވަހު، ފެމިލީ ކޯޓުން ޖުމްލަ 64 ކާވެންޏެއް ކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ޝަރުޢީ ދާއިރާގެ ...

Read More »

2019 ޑިސެމްބަރު 31 ވަނަ ދުވަހު، ފެމިލީ ކޯޓަށް ފައިސާ ބަލައިގަތުން

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވާ އަންގާރަ ދުވަހަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭންކިންގ ޚިދުމަތްތައް ބަންދު ދުވަހެއްކަމުގައި ވާތީ، ފެމިލީ ކޯޓަށް ކޮންމެހެން ބަލައިގަންނަންޖެހޭ ފައިސާގެ ގޮތުގައި ކަނޑައެޅޭ ފައިސާ ފިޔަވައި، އެހެން އެއްވެސް ފައިސާއެއް ބަލައި ނުގަތުމަށް ނިންމާފައިވާކަން، ފެމިލީ ކޯޓުގެ ނަންބަރު 146-A2/2019/246 އިޢްލާނުން ޢާންމުކޮށް ވަނީ އަންގާފައެވެ. ...

Read More »

ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ ބަދަލުގައި ސްލިޕްއެއް ހުށަހަޅާ ގޮތަށް ހަމަޖެހުން

ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކަށް ފަސޭހަކޮށް ދިނުމުގެ ގޮތުން،  ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ ބަދަލުގައި ސްލިޕްއެއް ހުށަހަޅާ ގޮތަށް ހަމަޖެހުނު ވާހަކަ ދަންނަވަމެވެ. މިސްލިޕް ނެންގެވުމަށާއި އަދި ހުށަހެޅުއްވުމަށް ކިއު ނަންބަރު ނަންގަވާކަށް ނުޖެހޭނެއެވެ. ފެމިލީ ކޯޓުގެ ކާވެނިކޮށްދިނުމާއި ރަޖިސްޓްރީކުރުމާއިބެހޭ ބައި (ހެންވޭރު، މޫންލައިޓް ހިނގުން / މާލެ ...

Read More »

މަރުސާބިތުވިކަމުގެ ލިޔުމަށް އެދި ހުށަހަޅާ ފޯމު އިޞްލާޙުކުރެވިއްޖެ

މަރުސާބިތުވިކަމުގެ ލިޔުމަށް އެދި ހުށަހަޅާ ފޯމާ އެކުގައި ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި، މަރުސާބިތުކުރެވޭ މީހާގެ ކާވެނީގެ ސެޓްފިކެޓުގެ އަޞްލާއެކު، އޭގެ ކޮޕީ ހުށަހަޅަންޖެހޭގޮތަށްވަނީ، ފޯމު އިޞްލާޙުކުރެވިފައެވެ.

Read More »

ފެމިލީ ކޯޓުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ރިސެސް

ފެމިލީ ކޯޓުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ރިސެސް ކުރިއަށް ދާނީ 01 ޖޫން 2019 އިން 15 ޖޫން 2019ގެ ނިޔަލަށެވެ. ރިސެސްގެ މުއްދަތުގެތެރޭގައި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް ފިޔަވައި، އެހެނިހެން މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުން މަދުކުރެވޭނެއެވެ. ރިސެސްގެ ތެރޭގައި، ކޯޓުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ޤަވާޢިދުތައް މުރާޖަޢާކުރުމާއި، މުވައްޒަފުން މަސައްކަތަށް ހޭލުންތެރިކުރުމުގެ ޙަރަކާތްތަކެއް ...

Read More »

ފެމިލީ ކޯޓުގެ 2018 ވަނަ އަހަރުގެ ރިސެސް

ފެމިލީ ކޯޓުގެ  ރިސެސް ކުރިއަަށްދާނީ 16 ޑިސެމްބަރުން 31 ޑިސެމްބަރުގެ ނިޔަލަަށެވެ. ރިސެސްގެ މުއްދުތުގެ ތެރޭގައި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް ފިޔަވައި، އެހެނިހެން މައްސަލަތައް ބެލުން މަދުކުރެވޭނެއެވެ. ރިސެސް ތެރޭގައި ކޯޓުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ޤަވާޢިދުތައް މުރާޖަޢާކުރުމާއި، މުވައްޒަފުން މަސައްކަތަށް ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

Read More »

ފެމިލީ ކޯޓުގެ ”ޢާއިލީ ޞުލްޙަ ވެހި“ އިފްތިތާޙްކުރައްވައިފި

ފެމިލީ ކޯޓުން ހިންގަމުންއައި ”ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައި“ގެ ނަން ” ޢާއިލީ ޞުލްޙަ ވެހި “ގެ ނަމަށް ބަދަލުކޮށް މިއަދު އިފްތިތާޙްކުރައްވައިފިއެވެ. މި ބަދަލު ގެނެވިފައިވަނީ، ޢާއިލީ މައްސަލަތައް ހައްލުކުރުމުގެ މަސަކަތް އިތުރަށް ހަރުދާނާކޮށް ފުޅާކުރުމުގެ މަޤްޞަދުގައެވެ. ޢާއިލީ މައްސަލަތައް ޙައްލުކުރުމާއިބެހޭ މަސައްކަތް އެންމެ ފުރަތަމަ ފެށިފައިވަނީ 2001 ވަނަ އަހަރު ތަސްދީގުކުރެވުނު ޢާއިލާއާބެހޭ ...

Read More »

ސާބިތު ޚަރަދުގެ ފައިސާ ޙުކުމާއެއްގޮތަށް ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ޢާއްމުކޮށް ޝާޢިއުކުރާގޮތަށް ހަމަޖައްސަވައިފި

ސާބިތު ޚަރަދުގެ ފައިސާ ޙުކުމާއެއްގޮތަށް ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު، ކޮންމެ ތިންމަހުން އެއްފަހަރު ޢާއްމުކޮށް ޝާޢިއުކުރާގޮތަށް ހަމަޖައްސައި 02 އޮކްޓޯބަރ 2018 ގައި ވަނީ ޢާއްމުކޮށް އިޢުލާންކުރެވިފައެވެ. ސާބިތު ޚަރަދު ފައިސާގެތެރޭގައި ހިމެނެނީ، ކޯޓު މެދުވެރިކޮށް ދެއްކުމަށް އަންގާ ޙުކުމްކުރެވިފައިވާ ދަރިންގެ ޚަރަދާއި، އަނބިމީހާގެ ޚަރަދާއި، ޢިއްދާގެ ޚަރަދާއި، ވިހެމުގެ ޚަރަދުގެ ފައިސާއެވެ. 2018 ޖެނުއަރީ ...

Read More »

ފެމިލީ ކޯޓަށް ޤާޟީއަކު ހަމަޖައްސަވައިފި

   10 ޖުލައި 2017 އިން ފެށިގެން މި ކޯޓުގެ ޤާޟިކަމުގެ މަގާމަށް ބޭފުޅުކު ހަމަޖައްސަވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން މި ކޯޓަށް ހަމަޖައްސަވާފައިވަނީ ކުރިން ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި އއ.ފެރިދޫ/ސިޔާމާމަންޒިލް އަލްއުސްތާޛް އަޙްމަދު ޝަކީލް އެވެ.

Read More »