ކައިވެންޏަށް ހޭލުންތެރިކުރުމުގެޕްރޮގްރާމް އޮންލައިންކޮށް ކުރިއަށް ގެންދަން ފެށުން

6 ޖެނުއަރީ 2020 ގައި ކާވެންޏަށް ހޭލުންތެރިކުރުމުގެޕްރޮގްރާމް ފެމެލީ ކޯޓުން އޮންލައިންކޮށް ކުރިއަށް ގެންދަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމްގައި ބައިވެރިވެލެއްވުމަށް، ފެމެލީ ކޯޓުގެ ވެބްސައިޓު (familycourt.gov.mv) އިން ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި، އޮންލައިންކޮށް ބައިވެރިވުމަށް އެދި ހުށަހަޅާ ސްލިޕް ޑައުންލޯޑު ކުރެއްވުމަށް ފަހު، ސްލިޕްގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށް ފަހު، ސްލިޕްގެ ކޮޕީ އަދި އައި.ޑީ.ކާޑުގެ ކޮޕީsulha@familycourt.gov.mv  އަށް މެއިލް ކުރައްވާނީއެވެ.

މީގެ އިތުރުން 2021 ޖަނަވަރީ 17 ވާ އާދިއްތަ ދުވަހުން ފެށިގެން ކައިވެނި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްގައި ބައިވެރިވިކަމުގެ ލިޔުމާއެކު ހުށަހެޅުމުންނެވެ.

ކާވެންޏަށް ހޭލުންތެރިކުރުމުގެޕްރޮގްރާމަކީ، ޢާއިއާއި ބެހޭ ޤަވާޢިދުގެ 3 ވަނަ މާއްދާގެ (ހ) ގެ 1 ގެ ދަށުން އަލަށް ކާވެނިކުރާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ޕްރޮގްރާމްއެކެވެ.