2021 ޑިސެންބަރު 16 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމަށް ފެމިލީ ކޯޓު އޮންނާނީ ރިސެސްގައި

2021 ޑިސެންބަރު 16 ވަނަ ދުވަހުން ފެށިގެން 2021 ޑިސެމްބަރު 31 ވަނަ ދުވަހާ ހަމަށް ފެމިލީ ކޯޓު އޮންނާނީ ރިސެސްގައެވެ. ރިސެސްގެ މުއްދަތުގެތެރޭގައި މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުން މަދުކުރެވޭނެއެވެ. ނަމަވެސް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި ކާވެނިތައް ކޮށްދިނުމާއި އެނޫންވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތައް މި މުއްދަތުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ.

ރިސެސްގެ ތެރޭގައި، ކޯޓުގެ ޤާޟީންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ތަފާތު ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ލީޑަޝިޕް އެންޑް ޓައިމް މެނޭޖްމަންޓާއި، މޯޓިވޭޝަނަލް އަދި ސްޓެސް މެނޭޖްމަންޓް ސެޝަނަކާއި، މުވައްޒަފުންނަށް އަމާޒުކޮށްގެން އައި.ޓީ އާއި ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިކުރުމުގެ ތަމްރީނުތައް ހިންގުން ހިމެނެއެވެ.