ޚަބަރު

ފަށްކަނޑަށް މީހަކާ އިންކަމުގެ ކުށުގައި ދެ މީހަކު ޖޫރިމަނާ ކުރުން

ވަރި ސާބިތުކުރުމަށް އެދި ހުށަހެޅުނު މިކޯޓުގެ ނަންބަރު  1251/Fm-C/2023  ޤަޟިއްޔާގައި ހިމެނޭ ދެފަރާތް، ފަށްކަނޑަށް މީހަކާ އިންކަމުގެ ކުށުގައި ދެފަރާތުން ކުރެ ކޮންމެ ފަރާތެއް -/5000ރ (ފަސް ހާސް ރުފިޔާ) އިން ޖޫރިމަނާކޮށްފިއެވެ. އެފަރާތްތައް ޖޫރިމަނާކޮށްފައިވަނީ ޢާއިލާއާބެހޭ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުންނެވެ. މިފަދައިން ނިންމުމުގައި މައްސަލާގައި ހިމެނޭ އަންހެނާ ކުރިން ކޮށްފައިވާ ކައިވެނި ރޫޅި، ...

Read More »

2023 ޖޫން 01 ވަނަ ދުވަހުން ފެށިގެން 15 އަށް ވަނަ ދުވަހާ ހަމައަށް ފެމިލީ ކޯޓު އޮންނާނީ ރިސެސްގައި

2023 ޖޫން 01 ވަނަ ދުވަހުން ފެށިގެން 2023 ޖޫން 15 ވަނަ ދުވަހާ ހަމަށް ފެމިލީ ކޯޓު އޮންނާނީ ރިސެސްގައެވެ. ރިސެސްގެ މުއްދަތުގެތެރޭގައި މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުން މަދުކުރެވޭނެއެވެ. ނަމަވެސް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި ކާވެނިތައް ކޮށްދިނުމާއި އެނޫންވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތައް މި މުއްދަތުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ.ރިސެސްގެ ތެރޭގައި، ކޯޓުގެ ...

Read More »

ރައްކާތެރިކުރުމުގެ އަމުރެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކުއްޖެއްގެ ޚަރަދުތައް ދައުލަތަށް ދެއްކުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް އަމުރުކުރުން.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 89 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ރައްކާތެރިކުރުމުގެ އަމުރެއް ނެރެ، ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނިންމި ކުއްޖެއްގެ އެންމެހައި ޚަރަދުތައް، އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މުއްދަތުގައި، ދައުލަތަށް ދެއްކުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް މި ކޯޓުގެ ނަންބަރު Fm-C/2023/501 ޤަޟިއްޔާއިން ...

Read More »

2022 ޑިސެންބަރު 16 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމަށް ފެމިލީ ކޯޓު އޮންނާނީ ރިސެސްގައި

2022 ޑިސެންބަރު 16 ވަނަ ދުވަހުން ފެށިގެން 2022 ޑިސެމްބަރު 31 ވަނަ ދުވަހާ ހަމަށް ފެމިލީ ކޯޓު އޮންނާނީ ރިސެސްގައެވެ. ރިސެސްގެ މުއްދަތުގެތެރޭގައި މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުން މަދުކުރެވޭނެއެވެ. ނަމަވެސް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި ކާވެނިތައް ކޮށްދިނުމާއި އެނޫންވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތައް މި މުއްދަތުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ.ރިސެސްގެ ތެރޭގައި، ކޯޓުގެ ...

Read More »

ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް އަލްއުސްތާޛު އިބްރާހީމް މާހިރު އައްޔަނު ކުރުން

ފެމެލީ ކޯޓުގެ އިސްޤާޟީކަމުގެ މަޤާމަށް އަލްއުސްތާޛް އިބްރާހީމް މާހިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިއްޔެ ޢައްޔަން ކުރައްވައިފިއެވެ. އިއްޔެ އެ ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، އަލްއުސްތާޛް އިބްރާހީމް މާހިރުއަށް މަޤާމުގެ ފަތްކޮޅު އެރުއްވީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސެއިންނެވެ.އަލްއުސްތާޛް އިބްރާހީމް މާހިރު ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2005 ވަނަ އަހަރުގެ ނޮވެންބަރު  މަހުގެ ...

Read More »

ރަމަޟާން މަހު ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދާ ގަޑި ބަދަލުވުން

ރަމަޟާން މަހު ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ  އާދިއްތަ އަދި ބުދަ ދުވަހެއްގެ ރޭ 9:30  އިން 11:30  އަށެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ އޮންލައިން ކޮށެވެ. 

Read More »

ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު އައްޔަނު ކުރުން

ފެމެލީ ކޯޓުގެ އިސްޤާޟީކަމުގެ މަޤާމަށް އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ޢައްޔަންކޮށްފިއެވެ. މިއަދު އެ ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، އަލްއުސްތާޛާ ހުޒައިފާ މުޙައްމަދުއަށް މަޤާމުގެ ފަތްކޮޅު އެރުއްވީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސެއިންނެވެ. ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް އައްޔަނުކުރި އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ...

Read More »

ފެމިލީ ކޯޓުގެ ޝަރީޢަތްތަކާއި ކޯޓުންދޭ ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށް ގެންދާނެ ގޮތުގެ ގަވާއިދު ފާސްކުރުން

ފެމިލީ ކޯޓުގެ ޝަރީޢަތްތަކާއި ކޯޓުންދޭ ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށް ގެންދާނެ ގޮތުގެ ގަވާއިދު، 15 މާރިޗު 2022 ގައި ފާސްކޮށް، 16 މާރިޗު 2022 ގައި ޢަމަލުކުރަން ޢާންމު މަޖިލީހުންވަނީ ނިންމާފައެވެ. މި ގަވާއިދުގައި ފެމިލީ ކޯޓުގެ ޝަރީޢަތްތަކާއި ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށް ގެންދާނެ ގޮތްތައްވަނީ ބަޔާންކުރެވިފައެވެ. މިގޮތުން އޮންލައިންކޮށް ފޯމު ހުށަހެޅުމާއި ކާވެންޏާގުޅޭ ޚިދުމަތްތައް ...

Read More »

ހިބަ، ވަސިއްޔަތް އަދި ތަރިކައިގެ މައްސަލަތައް ބަލައިގަންނާނީ 27 ޖަނަވަރީ އާ ހަމައަށް

ސުޕްރީމް ކޯޓުގެ ނަންބަރު SCPD-01/2022 (4 ޖަނަވަރީ 2022) ޕްރެކްޓިސް ޑައިރެކްޝަންގައިވާ ގޮތުގެ މަތިން 01 ފެބުރުވަރީ 2022އިން ފެށިގެން މި ކޯޓުން ބަލަމުންދާ ހިބައާއި ވަޞިއްޔަތާއި، ތަރިކައިގެ މައްސަލަތަކާއި، ވާރިސުން ގިންތިކުރުމުގެ މައްސަލަތަކާއި، މައިންބަފައިންގެ ގެދޮރަށް ވައްދައިދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ބަލަމުން ގެންދާނީ ސިވިލް ކޯޓުން ކަމުގައިވާތީ، މި ބާވަތުގެ މައްސަލަތަކުގެ ފޯމު ...

Read More »

ފެމިލީ ކޯޓުގެ ޤާޟީ ޢަބްދުﷲ އަދީބު މަޤާމުން ރިޓަޔަރވެވަޑައިގެންފި

ފެމިލީ ކޯޓު މިހާތަނަށް ހިންގުމާ ޙަވާލުވެ ހުންނެވި ޤާޟީ ޢަބްދުﷲ އަދީބު މިއަދު ވަނީ މަޤާމުން ރިޓަޔަރވެވަޑައިގެންފައެވެ. އަލްއުސްތާޛް ޢަބްދުﷲ އަދީބު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 01 ޖަނަވަރީ 1989 ގައެވެ. ޝަރުޢީ ދާއިރާއަށް ޚިދުމަތްކުރައްވަން ފެއްޓެވީ 1997 ވަނަ އަހަރުއެވެ. ޤާޟީ ޢަބްދުﷲ އަދީބު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ގޯތިގެދޮރުގެ މައްސަލަތައް ...

Read More »