ބަދަލު ހަމަޖެއްސުމާއި ޤާނޫނީ ވަކީލަކު ޢައްޔަންކުރުމާ ބެހޭ ޤަވާޢިދު ޢާއްމުކޮށްފި

ބަދަލުގައި ޝަރީޢަތަށް ޙާޟިރުވާނެ ފަރާތެއް ހަމަޖެއްސުމާއި ޤާނޫނީ ވަކީލަކު ޢައްޔަންކުރުމާ ގުޅޭގޮތުން ޢަމަލުކުރާނެ އިޖުރާއަތު ބަޔާންކުރާ ޤަވާޢިދު މިއަދު ޢާއްމުކޮށްފިއެވެ. 2021 އޮކްޓޫބަރު 26 ވީ އަންގާރަ ދުވަހު ބޭއްވި ޤާޟީންގެ ޢާންމު މަޖިލީހުން ފާސްކުރެއްވި “ބަދަލު ހަމަޖެއްސުމާއި ޤާނޫނީ ވަކީލަކު ޢައްޔަންކުރުމާ ބެހޭ ޤަވާޢިދު”  އަށް ޢަމަލުކުރަން ފަށާނީ 2021 ނޮވެންބަރު 01 ވާ ހޯމަ ދުވަހުން ފެށިގެންނެވެ.

މި ޤަވާޢިދުގައި، ވަރިވުމަށާއި ވަރިކުރުމަށް ހުށަހަޅާ މައްސަލަތަކާއި، ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމުގެ މައްސަލަތަކާއި ތަރިކައިގެ މައްސަލަތަކުގައި ބަދަލު ހަމަޖެއްސުމަށް ކަނޑައެޅިފައިވާ އުސޫލުތައް ބަޔާންކުރެވިފައިވާނެއެވެ. އަދި މި ޤަވާޢިދާއެކު “ހަމަޖައްސާފައިވާ ބަދަލު/ވަކީލު ބާތިލު ކުރުމަށްއެދޭ ފޯމު” ގެ ނަމުގައި އާ ފޯމެއްވެސް ވަނީ ތަޢާރަފްކުރެވިފައެވެ. އަދި ބަދަލު ހަމަޖެއްސުމަށްއެދި ހުށަހަޅާ ފޯމާއި ޤާނޫނީ ވަކީލަކު ޢައްޔަންކުރުމަށްއެދި ހުށަހަޅާ ފޯމު ވަނީ އިސްލާޙްކޮށް މިއަދު ޢާއްމުކޮށްފައެވެ.

“ބަދަލު ހަމަޖެއްސުމާއި ޤާނޫނީ ވަކީލަކު ޢައްޔަންކުރުމާ ބެހޭ ޤަވާޢިދު” ވިދާޅުވުމަށް