ޝަރީޢަތާ ގުޅޭ ބައެއް ފޯމުތަކަށް ބަދަލު ގެނައުން

މި ކޯޓުގެ ޝަރީޢަތާ ގުޅޭ ބައެއް ފޯމުތައް އިސްލާޙުކުރެވި ބަދަލުތަކެއް ވަނީ ގެނެވިފައެވެ. މިގޮތުން “ޙަޟާނަތުގެ ދަޢުވާ ހުށަހަޅާ” ފޯމު އިސްލާޙު ކޮށް، މައިންބަފައިންކުރެ ކުއްޖާ އިޚްތިޔާރު ކުރާ ފަރާތެއް ކަނޑައެޅުމުގެ މައްސަލަ މި ފޯމުން ހުށަހެޅޭގޮތަށް ވަނީ ބަދަލުކުރެވިފައެވެ. އަދި “ބެލެނިވެރިކަން ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ފޯމު” ވަނީ އުވާލެވިފައެވެ.

މީގެ އިތުރުން، ހިބައާއި ވަޞިއްޔަތުން ދިނުމުގެ މައްސަލަތައް އެއް ފޯމަކުން ހުށަހަޅާ ގޮތަށް އޮތް އޮތުން ބަދަލުކޮށް، މި ދެ ބާވަތުގެ މައްސަލައަށް ވަކި ދެ ފޯމެއް ވަނީ ތަޢާރަފުކުރެވިފައެވެ. އަދި ހިބައާއި ވަޞިއްޔަތުން ދިނުމުގެ މައްސަލަތައް ހުށަހެޅުމުގެ ކުރިން، ހުށަހަޅާ ފަރާތުގެ ދަރަނި އޮތްތޯ ސާފުކުރުމަށް “ދަރަނި ރެކޯޑް ސާފުކުރާ ފޯމު” ގެ ނަމުގައި ފޯމެއް ވަނީ ތަޢާރަފުކުރެވިފައެވެ.

އިސްލާޙުކުރެވުނު ފޯމުތައް ތިރީގައިމިވަނީއެވެ.