ހަފްތާގެ ހުރިހާ ދުވަހަކު ކާވެނި ކޮށްދޭގޮތަށް ބަދަލު ގެނައުން

04 އޮގަސްޓް 2021 އިން ފެށިގެން ހަފްތާގެ ހުރިހާ ދުވަސްތަކުގައި ކާވެނި ކޮށްދޭގޮތަށްވަނީ ބަދަލު ގެނެވިފައެވެ. މީގެ އިތުރުން ރަސްމީ އަދި ނުރަސްމީ ގަޑީގައި އޮންލައިންކޮށް ކާވެނިތައް ކޮށްދެވޭނެއެވެ. އަދި ކޯޓަށް ޙާޟިރުވެގެން ކާވެނި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖެހިފައި އޮންނާނެއެވެ.

މިގޮތުން ރަސްމީ ގަޑީގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:30 ން ފެށިގެން މެންދުރު 13:30 އަށެވެ. އަދި ނުރަސްމީ ގަޑީގައި ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 21:00 އަށް ކާވެނިކޮށްދެމުން ގެންދާނެއެވެ. ނަމަވެސް މި ބަދަލުތަކާއެކު ކޯޓުން ބޭރުގައި ކާވެނި ކޮށްދިނުން މެދުކަނޑާލާފައި އޮތް އޮތުމަށް ބަދަލެއް އައިސްފައިނުވާކަމުގައި ދަންނަވަމެވެ.