ފެމިލީކޯޓުގެ ނަންބަރު 388/Fm-C/2022 ޤަޟިއްޔާއިން ޚަރަދު ލައްވާފައިވަނިކޮށް ދެމީހުން ކާވެނި ރުޖޫޢަކޮށްފައިވާތީ، މި ޚަރަދު ދައްކަންނުޖެހޭކަމަށް ކަނޑައަޅައި ނިންމީ.
ފެމިލީ ކޯޓުގެ ނަންބަރު 237/Fm-C/2015 ޤަމިއްޔާއިން ލައްވާފައިވާ ޚަރަދުގެ ތެރެއިން ނުދައްކާހުރި ފައިސާ 01.08.2022 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި މިކޯޓަށް ދައްކަމުން ގެންދިޔުމަށް އަންގައި އަދި މިމުއްދަތުގެ ތެރޭގައިވެސް މި ޤަޟިއްޔާއާއި ގުޅިގެން މަހުންމަހަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ގެންދިޔުމަށް އަންގައި ނިންމީ.
މިމައްސަލަ އިތުރަށް ކުރިޔަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ނިންމީ.
ފެމިލީ ކޯޓުގެ ނަންބަރު 1716/Fm-C/2013 ޤަޟިއްޔާއިން ލައްވާފައިވާ ޚަރަދުފައިސާގެ ތެރެއިން ނުދައްކާހުރި ފައިސާ 01.08.2022 އިން ފެށިގެން 28 މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް އަންގައި އަދި މިމުއްދަތުގެ ތެރޭގައި މި ޤަޟިއްޔާއާއި ގުޅިގެން މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ގެންދިޔުމަށް އަންގައި ނިންމީ.
ޙުކުމް ތަންފީޛްކުރުމުގެ މައްސަލަ ކޯޓުގެ އިސްނެގުމުގެ މަތިން ބަލަމުންދަނިކޮށް، 2022 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް ދައްކަންޖެހި ނުދައްކާ ހުރިކަމަށް ކޯޓުގެ ރެކޯޑުތަކުން ދައްކާ 6000 ރުފިޔާ، 2022 ވަނަ އަހަރުގެ ޖުލައި މަހު ތެރޭގައި ކޯޓަށް ދައްކާ ޚަލާސްކޮށްފައިވާކަން، ފެމިލީ ކޯޓުގެ ރެކޯޑުތަކުން އެނގެން އޮންނާތީ، މި މައްސަލަ އިތުރަށް ކުރިއަށްގެންދާނެ ތަނެއްނެތްކަމަށް ކަނޑައަޅައި، މިގޮތުގެމަތިން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ.
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު ނެރެދީ ނިންމީ.
ސުޕަވިޜަން އަމުރު ނެރެދީ ނިންމީ.