ރައްކާތެރިކުރުމުގެ އަމުރު ނެރެދީ ނިންމީ.
ފެމިލީކޯޓުގެ ނަންބަރު 2204/Fm-C/2019 ޤަޟިއްޔާއިން ލައްވާފައިވާ ޚަރަދުފައިސާގެ ތެރެއިން 2022 ވަނަ އަހަރުގެ އޮގަސްޓު މަހާ ހަމައަށް ނުދައްކާހުރި ފައިސާ ދައްކާ ޚަލާސްކުރުމުގެ ގޮތުން، މިއަދު (17 އޮގަސްޓް 2022) ން ފެށިގެން ކޮންމެ މަހަކު މަދުވެގެން 2000ރުފިޔާގެ މަގުން މުސާރައިން އުނިކުރަމުންގޮސް، ގިނަވެގެން 21މަސް ދުވަހުގެ ތެރޭގައި މިފައިސާ މުސާރައިން އުނިކުރުމަށްފަހު މިކޯޓަށް ޖަމާކުރަމުންގެންދިއުމަށާއި، ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް މިކޯޓަށް މަހުން މަހަށް ދައްކަންޖެހޭ 2000 ރުފިޔާ މުސާރައިން އުނިކުރުމަށްފަހު މިއަދު (17 އޮގަސްޓް 2022) ން ފެށިގެން މަސްހަމަކޮށް ކޮންމެ މަހަކު މިކޯޓަށް ޖަމާކުރަމުން ގެންދިއުމަށް އަންގައި ޙުކުމްކުރީ.
ޚަރަދުފައިސާ ކަނޑައި ނިންމީ.
ފެމިލީ ކޯޓުގެ ނަންބަރު 76/Fm-C/2018 ޤަޟިއްޔާއިން ޚަރަދުފައިސާ ނުދައްކާތީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ދުވަހުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ޙުކުމްކޮށް، ނުދައްކާހުރި ފައިސާ 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކާ ޚަލާޞް ކުރުމަށާއި، ސާބިތު ދަރަނި ޚަލާޞްކުރަމުންދާ މުއްދަތުގައިވެސް ފެމިލީ ކޯޓުގެ ނަންބަރު 76/Fm-C/2018 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުންގެންދިއުމަށް އަންގައި، މިގޮތުގެމަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ
ރައްކާތެރިކުރުމުގެ އަމުރު ނެރެދީ ނިންމީ.
ފެމިލީ ކޯޓުގެ ނަންބަރު1669/Fm-C/2018 ޤަޟިއްޔާއިން 2022 ނުދައްކާ ހުރި ފައިސާ، 15.08.2022 އިން ފެށިގެން ގިނަވެގެން 48 މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް އަންގާ ނިންމީ.
ގެވެށިއަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު ނެރެދީ ނިންމީ.
ކޯޓުގެ އިސްނެގުމުގެ މަތިން ހުށަހެޅި ފެމިލީ ކޯޓުގެ ނަންބަރު 1426/Fm-C/2022 ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.
ރައްކާތެރިކުރުމުގެ އަމުރު ނެރެދީ ނިންމީ.