ޙުކުުމްތައް


ނިންމި ތާރީޚް
ގަޟިއްޔާ ނަންބަރު
ބާވަތް
ހުށަހެޅި ފަރާތް
ތަފްސީލް
ސަބް ކެޓަގަރީ
ރިޕޯޓް
01/01/2023
2175/Fm-C/2022
ޙުކުމް ތަންފީޛު ދަރިންގެ ޚަރަދު
ނަންސިރުކުރެވިފައި

ފެމިލީ ކޯޓުގެ ނަންބަރު 1110/Fm-C/2022ޖަނަވަރީމަހާ ހަމައަށް ދައްކަންޖެހި ނުދައްކާވާ ޖުމްލަ 4000ރ ހުރިކަން ފެމިލީ ކޯޓުގެ ރެކޯޑުތަކުން އެގެން އޮންނާތީ، މިފައިސާ ދައްކަން ދެފަރާތުން ވަކިގޮތަކަށް އެއްބަސްވުމަކަށް އާދެވިފައިނުވާތީ 22 ޖަނަވަރީ 2023ން ފެށިގެން ކޮންމެ މަހަކު 2000ރ ގެ މަގުން ދައުވާލިބޭފަރާތުގެ މުސާރައިން ނުނިކުރަމުންގޮސް ގިނަވެގެން 2 މަސް ދުވަހުގެ ތެރޭގައި މުސާރައިން އުނިކުރުމަށް ފަހު ކޮންމެ މަހަކު މިކޯޓަށް ޖަމާކުރަމުން ގެންދިއުމަށް ވަޒީފާ އަދާކުރާ އޮފީހުގެ މައްޗަށް އަންގައި އަމުރުކޮށް ނިންމީއެވެ. ޤަޟިއްޔާ އިން ލައްވާފައިވާ 2023 ވަނަ އަހަރުގެ

12/29/2022
2098/Fm-C/2022
ހުކުމްތަންފީޛު ދަރިންގެ ޚަރަދު
ނަން ސިއްރުކުރެވިފައި

ފެމިލީ ކޯޓުގެ ނަންބަރު 2098/Fm-C/2022 ޤަޟިއްޔާއަކީ ގަވާއިދު ނަންބަރު R-102/2022 (ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދު) ގެ 91 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ މައްސަލައެއްކަން އެމައްސަލައިގެ ލިއުންތަކުން އެގެން އޮންނާތީ، މިހިނދުގައި މިމައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.

12/29/2022
2099/Fm-C/2022
ޙުކުމްތަންފީޛުކުރުމަށްއެދި (ދަރިންގެ ޚަރަދު)
ނަން ސިއްރުކުރެވިފައި

ފެމިލީ ކޯޓުގެ ނަންބަރު 2099/Fm-C/2022 ޤަޟިއްޔާއަކީ ގަވާއިދު ނަންބަރު R-102/2022 (ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދު) ގެ 91 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ މައްސަލައެއްކަން އެމައްސަލައިގެ ލިއުންތަކުން އެގެން އޮންނާތީ، މިހިނދުގައި މިމައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.

12/29/2022
2269/Fm-C/2022
ހުކުމްތަންފީޛު ސާބިތު ޚަރަދު
ނަން ސިއްރުކުރެވިފައި

ދައުވާކުރާފަރާތަށް “ކޯޓަށް ޙާޟިރުވުމުގެ އަމުރު” ފޮނުވުމުން، އަމުރު ރައްދުވެ މަޤްބޫލު ޢުޛުރެއް ނެތި، އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާކުރާ ފަރާތުން ކޯޓަށް ޙާޟިރުވެފައިނުވާތީ އާއި، މައްސަލަ ރައްދުވާ ފަރާތުން ވަކި ގޮތަކަށް ކޯޓުން ޢަމަލުކޮށްދިނުމަށް އެދިފައިނުވާތީ، ގަވާއިދު ނަންބަރު: 2022/R-102 (ފެމިލީ ކޯޓުގެ ޢާއިލީ އިޖުރާއަތުގެ ގަވާއިދު) ގެ 38 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، މި މައްސަލަ ބާޠިލުކޮށް، މި ޤަޟިއްޔާ ނިންމީ

12/29/2022
166/Fm-C/2022
ހުކުމްތަންފީޛު ދަރިންގެ ޚަރަދު
ނަން ސިއްރުކުރެވިފައި

ފެމިލީކޯޓުގެ ނަންބަރު: 1764/Fm-C/2019 ޤަޟިއްޔާއިން ލައްވާފައިވާ ޚަރަދުގެތެރެއިން ދައްކަންޖެހި ނުދައްކާ ވަނީ ޖުމްލަ 200 ރުފިޔާ ކަމުގައިވާތީ، މިއަދު (29 ޑިސެންބަރު 2022) އިން ފެށިގެން، ގިނަވެގެން 30 ދުވަހުގެ ތެރޭގައި މިފައިސާ ކޯޓަށް ދައްކާ ޚަލާޞް ކުރުމަށާއި، މިފައިސާ ދައްކާ ޚަލާޞްކުރަމުންދާ މުއްދަތުގައިވެސް ފެމިލީ ކޯޓުގެ ނަންބަރު: 1764/Fm-C/2019 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް މަހުންމަހަށް ދައްކަންޖެހޭ 2000 ރުފިޔާ، ޙުކުމާ އެއްގޮތަށް ދައްކަމުންގެންދިއުމަށް، އަންގައި، ނިންމީ

12/29/2022
1348/Fm-C/2022
ދަރިންނާ ބައްދަލުކުރުމަށް ވަގުތު ކަނޑައެޅުމަށް އެދި
ނަންސިރުކުރެވިފައި

ދަރިފުޅާ ބައްދަލުކުރުމަށް ވަގުތު ކަނޑައަޅައި ނިންމީ

12/28/2022
2245/Fm-C/2022
ގެވެށިއަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު މުއްދަތު އިތުރުކުރުމަށް އެދި
ނަން ސިއްރުކުރެވިފައި

އަމުރުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށް ނިންމީ

12/28/2022
2245/Fm-C/2022
ގެވެށިއަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު މުއްދަތު އިތުރުކުރުމަށް އެދި
ނަން ސިއްރުކުރެވިފައި

ގެވެށިއަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު ނެރެދީ ނިންމީ.

12/28/2022
967/Fm-C/2022
ހުކުމްތަންފީޛު ދަރިންގެ ޚަރަދު
ނަން ސިއްރުކުރެވިފައި

ފެމިލީ ކޯޓުގެ ނަންބަރު 1611/Fm-C/2018 ޤަޟިއްޔާއިން މިހާތަނަށް ދައްކަންޖެހި ނުދައްކާހުރި 122100 (އެއްލައްކަ ބާވީސް ހާސް އެއްސަތޭކަ) ރުފިޔާއިން ކޯޓުން ބޭރުން ދައްކާފައިވާ 10400 (ދިހަހާސް ހަތަރުސަތޭކަ) ރުފިޔާ ކެނޑުމުން ބާކީ ނުދައްކާހުރި 111700 (އެއްލައްކަ އެގާރަހާސް ހަތްސަތޭކަ ރުފިޔާ) ދައްކާ ޚަލާޞް ކުރުމާގުޅޭ ގޮތުން ދެފަރާތުގެ ދެމެދުގައި ވަކިގޮތަކަށް އެއްބަސްވުމަކަށް އާދެވިފައިނުވާތީ، ބުނެވިދިޔަ ސާބިތު ޚަރަދުގެ ފައިސާ، މިއަދު (2022 ޑިސެންބަރު 28)ން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މިކޯޓަށް ދައްކާ ޚަލާޞްކުރުމަށާއި، ފެމިލީ ކޯޓުގެ ނަންބަރު 1611/Fm-C/2018 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް މަހުން މަހަށް ދައްކަންޖެހޭ 3000 ރ ޙުކުމާ އެއްގޮތަށް ދައްކަމުންގެންދިއުމަށް އަންގައި ނިންމީ

12/25/2022
2274/Fm-C/2022
ޙުކުމްތަންފީޛުކުރުމަށްއެދި (ދަރިންގެ ޚަރަދު)
ނަން ސިއްރުކުރެވިފައި

މިއީ ޙުކުމާ އެއްގޮތަށް ޢަމަލުނުކޮށްގެން ހުށަހެޅުނު ހަވަނަ ފަހަރުކަން އެނގެން އޮތަތީ، (ޢާއިލާއާބެހޭ ޤަވާޢިދު) ގެ 55 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް ކުދިރުވާލިގެ، 01 މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ޙުކުމްކޮށް، ފެމިލީ ކޯޓުގެ ނަންބަރު: 08/Fm-C/2016 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް 2022 ޑިސެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށް ޚަރަދުގެ ގޮތުގައި ދައްކަންޖެހި ނުދައްކާހުރި ޖުމްލަ 140749.94 (އެއްލައްކަ ސާޅީސް ހާސް ހަތްސަތޭކަ ސާޅީސް ނުވަރުފިޔާ ނުވަދިހަ ހަތަރު ލާރި) މިއަދު (25 ޑިސެންބަރު 2022) އިން ފެށިގެން ގިނަވެގެން 30ދުވަހުގެ ތެރޭގައި މިކޯޓަށް ދައްކާ ޚަލާޞް ކުރުމަށާއި، މި ކޯޓަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ވެސް ޙުކުމާ އެއްގޮތަށް ދައްކަމުންގެންދިއުމަށް އަންގައި، މިގޮތުގެމަތިން ޙުކުމްކޮށް، ނިންމީ

« First ‹ Previous 1 8 16 17 18 19 20 28 118 150 Next › Last »