Skip to main content Scroll Top

ކޯޓުގެ ކޮމިޓީތައް

ބިޑް ކޮމިޓީ

ބިޑް ކޮމިޓީއަކީ، ޤަވާޢިދު ނަންބަރު: R-158/2023  ( ދައުލަތުގެ މާލިއްޔަތު ޤަވާޢިދު) 10.10 ގެ ދަށުން ދައުލަތުގެ އޮފީސްތަކުން ކުރާ ޕްރޮކިއުމަންޓް މަސައްކަތްތަކުގެ ތެރެއިން ދައުލަތުގެ އޮފީސްތަކުގެ ބިޑު ކޮމިޓީތަކުން ހުއްދަ ދޭންޖެހޭ ޕްރޮކިއުމަންޓް މަސައްކަތްތަކަށް ހުއްދަ ދިނުމަށްޓަކައި ދައުލަތުގެ ކޮންމެ އޮފީހެއްގައި އުފައްދަންޖެހޭ ކޮމިޓީއެކެވެ. މިގޮތުން މި ކޯޓުގައި އުފައްދާފައިވާ ބިޑު ކޮމިޓީގައި ތިއްބަވާނީ ޗެއަރޕާސަންއާއިއެކު 7 މެންބަރުންނެވެ.

ކޮމިޓީގެ މަސްއޫލިއްޔަތު

(ހ) ބިޑްކޮމިޓީތަކުން ހުއްދަދެވޭނެ މިންވަރުގެ ގޮތުގައި، ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި މިންވަރަށް ހުއްދަ ދިނުން.

(ށ) ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމަންޓްތަކަށް ހުއްދަ ދިނުމުގެ ކުރިން، ޕްރޮކިއުމަންޓްތައް ކުރިޔަށް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤަވާޢިދު އެއްގޮތްވާ ގޮތުގެ މަތީންކަން، ބަލައި ޗެކުކުރުން.

(ނ) ބިޑް ކޮމިޓީގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ޕްރޮކިއުމަންޓްތަކުގެ ތެރެއިން އެ ކޮމިޓީން ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ މިންވަރަށް ފެތޭ މި ކޯޓުގެ ޕްރޮކިއުމަންޓްތަކަށް ހުއްދަ ދިނުން.  

މެންބަރުން

އަޙްމަދު ނަޝީދު
ކޯޓު ރަޖިސްޓްރަރ
އިބްރާހީމް ތައުފީޤް މޫނިސް
ކޯޓު އެޑްމިނިސްޓްރޭޓަރ
އަޙްމަދު ޢަބްދުﷲ
ކާވެނީގެ ރަޖިސްޓްރާރ
ސިރުވާން މުޙައްމަދު
އެސިސްޓެންޓް ޑިރެކްޓަރ، ކޯޓް އެޑްމިނިސްޓްރޭޝަން
އާމިނަތު ޢަލީ
އެސިސްޓެންޓް ޑިރެކްޓަރ، ކޯޓް އެޑްމިނިސްޓްރޭޝަން
މުޙައްމަދު ސުޢޫދު
ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން
ޢާޠިފް ޖަލީލު
ކޯޓު ލީގަލް އޮފިސަރ

އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާބެހޭ ކޮމިޓީ

މިއީ، ކޯޓަށް ބޭނުންވާ މަޤާމުތައް އުފައްދާ އެ މަޤާމުތަކަށް މީހުން ވައްދާ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބަލާ ވަޒީފާގައި މުވައްޒަފުން ދެމެހެއްޓުމުގެ ކަންކަން ހިނގާނުހިނގާގޮތް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ލަފާދޭ ކޮމިޓީއެވެ.

ކޮމިޓީގެ މަސްއޫލިއްޔަތު

(ހ) “ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންނާއި ބެހޭ ކަންތައްތައް ހިންގުމުގެ ޤަވާއިދު” އާ އެއްގޮތަށް ކޯޓުގެ ވަޒީފާތަކަށް މީހުން ވައްދާ، މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބަލާ ވަޒީފާގައި ދެމެހެއްޓުމުގެ ކަންކަން ހިނގާ ނުހިނގާގޮތް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ލަފާދިނުން.

(ށ) ޚިދުމަތުގެ ފެންވަރު ވަޒަންކުރުމަށްފަހު މަޤާމުގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ދޭން ފެންނަ މުވައްޒަފުންނާ ބެހޭ ގޮތުން ގޮތެއް ނިންމާ އެކަން ޔައުމިއްޔާކުރުން.

(ނ) އުމުރުން 65 އަހަރު ފުރިހަމަވުމުގެ ކުރިން މުވައްޒަފަކު މުސްކުޅި ކުރަން ނިންމާ މައްސަލަތަކުގައި ލަފާދިނުން (ސަބަބާއެކު).

(ރ) އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ރާވަންޖެހޭ ސިޔާސަތުތައް ރޭވުން.

(ބ) ތަމްރީނު ޕްރޮގްރާމްތަކަށް މުވައްޒަފުން ހޮވުން.

(ޅ) ކޮމިޓީގެ ލަފައަކަށް ހުށަހެޅޭ ކަންކަމުގައި ލަފާދިނުން.

(ކ) މުވައްޒަފުންގެ ސުލޫކީ މައްސަލަތަކުގެ ތެރެއިން ކޮމިޓީގެ ލަފައަކަށް ހުށަހެޅޭ ކަންކަމުގައި ލަފާދިނުން.

މެންބަރުން

އަޙްމަދު ޢަބްދުﷲ
ކާވެނީގެ ރަޖިސްޓްރަރ
އިބްރާހީމް ތައުފީޤް މޫނިސް
ކޯޓު އެޑްމިނިސްޓްރޭޓަރ
އަޙްމަދު ނަޝީދު
ކޯޓު ރަޖިސްޓްރަރ
އާމިނަތު ޢަލީ
އެސިސްޓެންޓް ޑިރެކްޓަރ، ކޯޓް އެޑްމިނިސްޓްރޭޝަން
ސިރުވާން މުޙައްމަދު
އެސިސްޓެންޓް ޑިރެކްޓަރ، ކޯޓް އެޑްމިނިސްޓްރޭޝަން
ޞާފިޔަތު މޫސާ
ކޯޓު ލީގަލް އޮފިސަރ
މަރްޔަމް ވަޙީދާ
ކޯޓު ލީގަލް އޮފިސަރ

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ

މިއީ ޤާނޫނު ނަންބަރު: 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ތަޙްޤީޤްކޮށް ފިޔަވަޅު އެޅުމަށްޓަކައި، ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކޮމިޓީއެކެވެ.

ކޮމިޓީގެ މަސްއޫލިއްޔަތު

(ހ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫންކަން ޢާންމުކޮށް އެނގޭނެފަދަ ގޮތަކަށް ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ މަރުކަޒުތަކުގައި ފެންނަން ހުންނާނެހެން ބެހެއްޓުން؛

(ށ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާ ބެހޭގޮތުން މުވައްޒަފުންނަށް ނުވަތަ ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން؛

(ނ) މަރުކަޒަކީ ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ ތަނެއްނަމަ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާ ބެހޭގޮތުން އެ ތާނގައި ތިބޭ ކުޑަކުދިން ނުވަތަ މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން؛

(ރ) އެ ތަނެއް ނުވަތަ މަރުކަޒެއްގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލަކާ ބެހޭގޮތުން ޝަކުވާއެއް ހުށަހެޅިއްޖެނަމަ ނުވަތަ އެފަދަ ޢަމަލެއް ހިނގާ ކަމަށް މަޤްބޫލު ސަބަބަކާހުރެ ޤަބޫލުކުރެވިއްޖެނަމަ، އެ ޝަކުވާ ނުވަތަ ތުހުމަތަކާ ގުޅިގެން ހާޒިރުކުރަންޖެހޭ ބަޔަކު ހާޒިރުކޮށް، ބަޔާން ނަގައި ހެކިބަސް ހޯދުން؛

(ބ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުން؛

(ޅ) ޝަކުވާއަކާ ގުޅިގެން ކުރަންޖެހޭ ތަޙްޤީޤުތައްކޮށް، ޝަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ސާބިތުވެއްޖެނަމަ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ނުވާނެ ގޮތެއްގެމަތިން އޭނާއާމެދު އެކަށީގެންވާ ފިޔަވަޅުއެޅުން؛

(ކ) ޝަކުވާއަކާ ގުޅިގެން ކުރަންޖެހޭ ތަޙްޤީޤުތައް ކޮށް، އެ ޝަކުވާއަކީ ޖިނާއީ ކުށަކާ ގުޅޭ ޝަކުވާއެއްނަމަ، އެ މައްސަލަ އިތުރަށް  ތަޙްޤީޤުކުރުމަށް ކަމާބެހޭ ފަރާތަށް ހުށަހެޅުމަށް ޝަކުވާ ހުށަހެޅި ފަރާތަށް އެންގުމާއި އެކަން ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުން؛

(ޅ) ކޮމިޓީގެ ލަފައަކަށް ހުށަހެޅޭ ކަންކަމުގައި ލަފާދިނުން.

(ކ) މުވައްޒަފުންގެ ސުލޫކީ މައްސަލަތަކުގެ ތެރެއިން ކޮމިޓީގެ ލަފައަކަށް ހުށަހެޅޭ ކަންކަމުގައި ލަފާދިނުން.

(އ) މައްސަލަ ބެލުމަށްފަހު، ޝަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގިކަމަށް ސާބިތުވެއްޖެނަމަ، އޭގެ ސަބަބުން މުވައްޒަފަށް ގެއްލިފައިވާ ޢިނާޔަތެއް ނުވަތަ ވަޒީފާގެ ކުރިއެރުމެއް ނުވަތަ އެހެންވެސް ޙައްޤެއް ހޯދުމަށް ފުރުޞަތު ފަހިކޮށްދިނުން؛ ނުވަތަ ޝަކުވާ ހުށަހެޅީ މަރުކަޒަކުން ޚިދުމަތެއް ހޯދުމަށް ދިޔަ ފަރާތެއްނަމަ، އޭގެ ސަބަބުން އޭނާއަށް ގެއްލިފައިވާ ފުރުޞަތެއް ނުވަތަ ޙައްޤެއް ހޯދުމަށް ފުރުޞަތު ފަހިކޮށްދިނުން.

މެންބަރުން

އަޙްމަދު ނަޝީދު
ކޯޓު ރަޖިސްޓްރަރ
މުޙައްމަދު ފަޟީލް
ސީނިއަރ ކޯޓު މީޑިއޭޓަރ
ރިސާލާ މުޙައްމަދު
ޖުޑީޝަލް ސޯޝަލް ސާރވިސް ކޯޑިނޭޓަރ

މުރާޖަޢާ ކޮމިޓީ

މިއީ، ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން އިންފޮމޭޝަން އޮފިސަރުގެ ނުވަތަ އިންފޮމޭޝަން އޮފިސަރުގެ ނިންމުމާމެދު ހިންހަމަ ނުޖެހޭ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލާ މުރާޖަޢާ ކުރުމަށްޓަކައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 41 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކޮމިޓީއެކެވެ.

ކޮމިޓީގެ މަސްއޫލިއްޔަތު

(ހ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫންކަން ޢާންމުކޮށް އެނގޭނެފަދަ ގޮތަކަށް ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ މަރުކަޒުތަކުގައި ފެންނަން ހުންނާނެހެން ބެހެއްޓުން؛

(ށ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާ ބެހޭގޮތުން މުވައްޒަފުންނަށް ނުވަތަ ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން؛

(ނ) މަރުކަޒަކީ ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ ތަނެއްނަމަ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާ ބެހޭގޮތުން އެ ތާނގައި ތިބޭ ކުޑަކުދިން ނުވަތަ މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން؛

(ރ) އެ ތަނެއް ނުވަތަ މަރުކަޒެއްގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލަކާ ބެހޭގޮތުން ޝަކުވާއެއް ހުށަހެޅިއްޖެނަމަ ނުވަތަ އެފަދަ ޢަމަލެއް ހިނގާ ކަމަށް މަޤްބޫލު ސަބަބަކާހުރެ ޤަބޫލުކުރެވިއްޖެނަމަ، އެ ޝަކުވާ ނުވަތަ ތުހުމަތަކާ ގުޅިގެން ހާޒިރުކުރަންޖެހޭ ބަޔަކު ހާޒިރުކޮށް، ބަޔާން ނަގައި ހެކިބަސް ހޯދުން؛

(ބ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުން؛

(ޅ) ޝަކުވާއަކާ ގުޅިގެން ކުރަންޖެހޭ ތަޙްޤީޤުތައްކޮށް، ޝަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ސާބިތުވެއްޖެނަމަ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ނުވާނެ ގޮތެއްގެމަތިން އޭނާއާމެދު އެކަށީގެންވާ ފިޔަވަޅުއެޅުން؛

(ކ) ޝަކުވާއަކާ ގުޅިގެން ކުރަންޖެހޭ ތަޙްޤީޤުތައް ކޮށް، އެ ޝަކުވާއަކީ ޖިނާއީ ކުށަކާ ގުޅޭ ޝަކުވާއެއްނަމަ، އެ މައްސަލަ އިތުރަށް  ތަޙްޤީޤުކުރުމަށް ކަމާބެހޭ ފަރާތަށް ހުށަހެޅުމަށް ޝަކުވާ ހުށަހެޅި ފަރާތަށް އެންގުމާއި އެކަން ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުން؛

(ޅ) ކޮމިޓީގެ ލަފައަކަށް ހުށަހެޅޭ ކަންކަމުގައި ލަފާދިނުން.

(ކ) މުވައްޒަފުންގެ ސުލޫކީ މައްސަލަތަކުގެ ތެރެއިން ކޮމިޓީގެ ލަފައަކަށް ހުށަހެޅޭ ކަންކަމުގައި ލަފާދިނުން.

(އ) މައްސަލަ ބެލުމަށްފަހު، ޝަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގިކަމަށް ސާބިތުވެއްޖެނަމަ، އޭގެ ސަބަބުން މުވައްޒަފަށް ގެއްލިފައިވާ ޢިނާޔަތެއް ނުވަތަ ވަޒީފާގެ ކުރިއެރުމެއް ނުވަތަ އެހެންވެސް ޙައްޤެއް ހޯދުމަށް ފުރުޞަތު ފަހިކޮށްދިނުން؛ ނުވަތަ ޝަކުވާ ހުށަހެޅީ މަރުކަޒަކުން ޚިދުމަތެއް ހޯދުމަށް ދިޔަ ފަރާތެއްނަމަ، އޭގެ ސަބަބުން އޭނާއަށް ގެއްލިފައިވާ ފުރުޞަތެއް ނުވަތަ ޙައްޤެއް ހޯދުމަށް ފުރުޞަތު ފަހިކޮށްދިނުން.

މެންބަރުން

އަޙްމަދު ނަޝީދު
ކޯޓު ރަޖިސްޓްރަރ
އާމިނަތު ޢަލީ
އެސިސްޓެންޓް ޑިރެކްޓަރ، ކޯޓް އެޑްމިނިސްޓްރޭޝަން
މުޙައްމަދު ފަޟީލް
ސީނިއަރ ކޯޓު މީޑިއޭޓަރ

ޤަވާޢިދު ކޮމިޓީ

މިއީ، ކޯޓުގެ ފަރާތުން އެކުލަވާލަންޖެހޭ ޤަވާޢިދުތަކާއި އުޞޫލުތައް ޑްރާފްޓްކޮށް،  އަލަށް ޢަމަލުކުރަމުންދާ ޤާނޫނާއި ޤަވާޢިދުތަކަށް ކޯޓުގެ މުވައްޒަފުން އަހުލުވެރި ކުރުމަށްޓަކައި ތަމްރީނު ހިންގުމަށާއި، ކޯޓުން ދޭ ޚިދުމަތްތަކާ ގުޅޭ ގޮތުން ކޯޓުގެ ފޯމުތައް މުރާޖަޢާކުރުމުގައި އެހީތެރިވުމަށާއި އެކިއެކި އިދާރާތަކުން ކޯޓަށް ފޮނުވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ކޮމެންޓު ކުރުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ.

މައިގަނޑު ޒިންމާ

(ހ) ކޯޓުގެ މައިގަނޑު މަސައްކަތްތަކާ ގުޅޭ ގޮތުން އެކުލަވާލަންޖެހޭ ޤަވާއިދުތައް ހަރުދަނާ ގޮތެއްގެ މަތިން އެކުލަވާލުން.

(ށ) ކޯޓުގެ މުވައްޒަފުން ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިކުރުން.

(ނ) ކޯޓުގެ ޚިދުމަތްތަކަށް އެދޭ ފޯމުތައް ތައްޔާރު ކުރުމުގައި އެހީތެރިވުން.

(ރ) އެހެން އިދާރާތަކުން ކޯޓަށް ފޮނުވާ ޤާނޫނާއި ޤަވާއިދުތަކުގެ ޑްރާފްޓްތަކަށް ކޮމެންޓު ކުރުން.

މެންބަރުން

ޢާޠިފު ޖަލީލު
ކޯޓު ލީގަލް އޮފިސަރ
އަޙްސަން ޙަމީދު
ކޯޓު ލީގަލް އޮފިސަރ
އާމިނަތު ޢަލީ
އެސިސްޓެންޓް ޑިރެކްޓަރ
ނަފީލު މުޙައްމަދު
ކޯޓު ލީގަލް އޮފިސަރ
އަބޫބަކުރު ޖައުހަރީ
ކޯޓު ލީގަލް އޮފިސަރ
ޝުމްރާ އަޙްމަދު ޝިހާބު
ކޯޓު ލީގަލް އޮފިސަރ
މުޙައްމަދު ސުޢޫދު
ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން

ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީ

މިއީ، ދައުލަތުގެ އެތެރޭގައި ވިސްލްބްލޯކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މަޢުލޫމާތު ތަޙްޤީޤުކޮށް، ފިޔަވަޅު އެޅުމަށްޓަކައި ޤާނޫނު ނަންބަރު 2019/16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޒިންމާގެ ދަށުން، ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން އެކުލަވާލާގައިވާ ‘ދައުލަތުގެ އެތެރޭގައި ވިސްލްބްލޯކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މަޢުލޫމާތު ތަޙްޤީޤުކޮށް، ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ ގަޢިޑްލައިން’ ގެ 14 ވަނަ މާއްދާގެ (ނ)ގެ ދަށުން މި ކޯޓުގައި ޤާއިމް ކޮށްފައިވާ ކޮމިޓީއެކެވެ. 

މައިގަނޑު ޒިންމާ

(ހ) މަޢުލޫމާތު ހުށަހެޅޭނެ އިންތިޒާމްތައް ޤާއިމުކުރުން؛ 

(ށ) މަޢުލޫމާތު ހުށަހެޅުމުން މަޢުލޫމާތު ބަލައިގަތުން؛ 

(ނ) މަޢުލޫމާތު ހުށަހަޅާ ފަރާތުގެ ވަނަވަރު އަދި އެހެނިހެން ޒާތީ މަޢުލޫމާތު ސިއްރުކުރުން؛ 

(ރ) މަޢުލޫމާތާ ގުޅިގެން ކުރަންޖެހޭ ތަޙުޤީޤުތައް ކުރުން؛ 

(ބ) ހުށަހެ ޅޭ މައްސަލަތަކުގެ ތެރެއިން، ޤާނޫނަކުން ވަކި އިދާރާއަކަށް ތަޙްޤީޤުކުރުމުގެ އިޚްތިޞާޞްދީފައިވާ މައްސަލައެއްވާނަމަ، އެ ކަމެއް ތަޙުޤީޤުކުރުމަށް އެ އިދާރާއަކަށް ފޮނުވުން؛ 

(ޅ) ހުށަހެޅޭ މައްސަލައެއްގައި ވަކި ފަރާތަކަށް ރައްކާތެރިކަން ދޭންޖެހޭކަމަށް ޤަބޫލުކުރެ ވޭނަމަ، އެކަން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ސަމާލުކަމަށް ގެނައުން؛ 

(ކ) ތަޙުޤީޤު ރިޕޯޓު އެކުލަވާލާ އާއްމުކުރުން؛ 

(އ) އެތެރޭގެ އިންތިޒާމްތައް ހިނގަމުންދާގޮތާ ގުޅޭގޮތުން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން ހޯދަން އެދޭ މަޢުލޫމާތު ޙިއްޞާ ކުރުން؛ 

(ވ) ވިސްލްބްލޯކުރުމުގެ މުހިއްމުކަމާއި ވިސްލްބްލޯކުރާ ފަރާތްތަކަށް ވިސްލްބްލޯކުރުމާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތަކުން ލިބިދީފައިވާ ރައްކާތެރިކަމާއި ޙައްޤުތަކާއި އެތެރޭގެ އިންތިޒާމުތަކާ ގުޅޭގޮތުން މުވައްޒަފުންނަށް މަދުވެގެން އަހަރަކު 2 (ދޭއް) ފަހަރު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން؛ 

(މ) ‘ދައުލަތުގެ އެތެރޭގައި ވިސްލްބްލޯކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މަޢުލޫމާތު ތަޙްޤީޤުކޮށް، ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ ގަޢިޑްލައިން’ ގެ 20 ވަނަ މާއްދާގެ (ހ)  އިން (ވ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ އިތުރުންވެސް، ޤާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުތަކާއި އުޞޫލުތަކުގައި ބަޔާންކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް. 

މެންބަރުން

މަރްޔަމް ވަޙީދާ
ކޯޓު ލީގަލް އޮފިސަރ
ޞާފިޔަތު މޫސާ
ކޯޓު ލީގަލް އޮފިސަރ
އަޙްމަދު ޝަނޫން
ކޯޓު އެޑްމިނިސްޓްރޭޝަން އޮފިސަރ