2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކުއްޖާ ހުރީ ކުއްޖާގެ ދައްތަމެން ގާތުކަމަށް ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ބަހުން އެންގެން އޮންނާތީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހާ ހަމައަށް ދަޢުވާލިބޭ ފަރާތުން ދައްކަން ޖެހޭ ފައިސާ ދައްކާ ޚަލާޞް ކޮށްފައިވާކަން އެނގެން އޮންނާތީ މި މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ނިންމީ
ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ރައްކާތެރިކުރުމުގެ އަމުރަށް އެދި ދައުލަތުން ހުށަހަޅާފައިވާ މި ޤަޟިއްޔާގައި، ދެފަރާތުގެ ބަހުންނާއި، ދައުލަތުން ހުށަހަޅާފައިވާ އެސެސްމަންޓް ރިޕޯޓްތަކާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބެލިބެލުމުން، މި މައްސަލައިގައި ހިމެނޭ ކުއްޖާއަކީ އެ ކުއްޖާ ހުރި ހާލަތަށް ބަލައި، އަޅައިލުމާއި ރައްކާތެރިކަން ބޭނުންވެފައިވާ ކުއްޖަކުކަން ޝަރީޢަތަށް އެނގޭއިރު، މި ހާލަތުގައި މި ކުއްޖާގެ މަންމަގެ ބެލުމުގެ ދަށުގައި މި ކުއްޖާ ބަހައްޓައިފިނަމަ މި ކުއްޖާއަށް އިތުރު ގެއްލުމެއް ލިބިދާނެކަމުގެ އިހްތިމާލުއޮތަތީއާއި، ދައުލަތުގެ ބެލުމުގެ ދަށަށް މި ކުއްޖާ ބަދަލުކުރުމަކީ މި ކުއްޖާގެ މަޞްލަޙަތުގައި މިވަގުތަށް އެންމެ ރަނގަޅުގޮތްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، ބަޔާންކުރަނިވި ޤާނޫނުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ބެހެއްޓުމަށް އަންގައި ނިންމީ.
އަނބިމީހާގެ ޚަރަދު ދީފައިނުވާކަން ސާބިތުނުވާތީ، ވޭތުވެދިޔަ 06 މަސްދުވަހުގެ ޚަރަދު ދެއްކުމަށް ޝަރީޢަތުން އަންގާނެތަނެއް ނެތްކަމަށް ކަނޑައަޅައި މިގިތުގެމަތީން ޙުކުމްކޮށް ނިްނމީ.
ޙުކުމްތަންފީޛުކުރުމަށްއެދި ހުށަހެޅި މައްސަލަ
ކޯޓުގެ އިސްނެގުމުގެ މަތިން(ދަރިންގެ ޚަރަދު)ޙުކުމްތަންފީޛުކުރުމަށްއެދި
ހުށަހެޅި މައްސަލަ
މި މައްސަލައަކީ މިހާރު ހުށަހަޅާފައިވާގޮތަށް މި ކޯޓުގެ އިޚްތިޞާޞްގައި ހިންގާ ފައިސަލާ ކުރަންޖެހޭ މައްސަލައެއްކަމަށް ނުވާތީ، މި މައްސަލަ މި ހިނދުގައި ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައެޅުން
މި މައްސަލައިގެ ދަޢުވާފޯމް ބާޠިލްކޮށް، މި ޤަޟިއްޔާ ނިންމީއެވެ.
ސާބިތުޚަރަދަށް ބަދަލުގެނައުމަށް އެދި ހުށަހެޅި މައްސަލަ
ފެމިލީކޯޓު ފެމިލީކޯޓު
