2023 ވަނަ އަހަރުގެ މާރިޗް މަހާ ހަމައަށް ޚަރަދުގެ ގޮތުގައި ނުދައްކާހުރި ފައިސާ ގިނަވެގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ފައިސާ ކޯޓަށް ދައްކާ ޚަލާޞް ކުރުމަށާއި، މިފައިސާ ކޯޓަށް ދައްކާ ޚަލާޞްކުރަމުންދާ މުއްދަތުގައިވެސް ފެމިލީ ކޯޓުގެ ނަންބަރު 1701/Fm-C/2013 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް މިކޯޓަށް މަހުން މަހަށް ދައްކަންޖެހޭ 500 ރުފިޔާވެސް ހުކުމާއި އެއްގޮތަށް ދައްކަމުން ގެންދިއުމަށް އަންގައި ، މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.
ފެމިލީކޯޓުގެ ނަންބަރު 903/Fm-C/2021 ޤަޟިއްޔާއިން ލައްވާފައިވާ ޚަރަދުގެ ތެރެއިން ނުދައްކާހުރި ފައިސާ 13.03.2023 ވަނަ ދުވަހު ދައްކާ ޚަލާސްކޮށްފައިވާތީ، މިމައްސަލަ އިތުރަށް ކުރިޔަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ނިންމީ.
ފެމިލީ ކޯޓުގެ ނަންބަރު 1873/Fm-C/2017 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް އަމަލުކުރަމުން ގެންދިޔުމަށް އަންގާ ނަޞޭޙަތްތެރިވެ، އެއްވެސް މީހަކު ނުވަތަ ބަޔަކު ހުރަސްއަޅާނަމަ، އެކަމެއް ވަގުތުން ހުއްޓުވުމަށާއި، އެޙުކުމާ އެއްގޮތަށް ދަރިފުޅާ ބައްދަލު ނުކުރެވިގެން ކުއްޖާގެ ބައްޕަ މައްސަލައެއް ހުށަހަޅައިފިނަމަ، ޙުކުމާ އެއްގޮތަށް ޢަމަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގައި އަމުރުކޮށް، މިޤަޟިއްޔާ ނިންމީއެވެ.
ދަރިންގެ ޚަރަދު ލައްވާ ނިންމީ.
ފެމިލީ ކޯޓުގެ ނަންބަރު 2334/Fm-C/2021 ޤަޟިއްޔާއިން ލައްވާފައިވާ ޚަރަދުގެ ތެރެއިން ނުދައްކާވާ ފައިސާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް އަންގައި އަދި މިމުއްދަތުގައިވެސް މި ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް މަހުން މަހަށް ދައްކަންޖެހޭ ޚަރަދުފައިސާވެސް ދައްކަމުން ގެންދިޔުމަށް އަންގައި ނިންމީ.
މި މައްސަލައިގެ ދަޢުވާފޯމް ބާޠިލްކޮށް، މި ޤަޟިއްޔާ ނިންމީއެވެ.
ޙުކުމާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގާ އަދި ޢެޙުކުމާއި އެއްގޮތަށް ދަރިފުޅާ ބައްދަލު ނުކުރެވިގެން ޕޮލިސް ސަރވިސްގެ މައްޗަށް އަންގައި އަމުރުކޮށް، މިޤަޟިއްޔާ ނިންމީއެވެ.
ވަލީ ދިނުމަށް ވަލީވެރިޔާ އިންކާރުކޮށްފައިނުވާތީ، ޙާކިމްގެ ވަލީއަށް ކާވެނި ކޮށްދިނުމަށް އަންގާ ނިންމީ.
ފެމިލީކޯޓު ފެމިލީކޯޓު
