ޚަބަރު

ފެމިލީ ކޯޓުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ރިސެސް

ފެމިލީ ކޯޓުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ރިސެސް ކުރިއަށް ދާނީ 01 ޖޫން 2019 އިން 15 ޖޫން 2019ގެ ނިޔަލަށެވެ. ރިސެސްގެ މުއްދަތުގެތެރޭގައި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް ފިޔަވައި، އެހެނިހެން މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުން މަދުކުރެވޭނެއެވެ. ރިސެސްގެ ތެރޭގައި، ކޯޓުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ޤަވާޢިދުތައް މުރާޖަޢާކުރުމާއި، މުވައްޒަފުން މަސައްކަތަށް ހޭލުންތެރިކުރުމުގެ ޙަރަކާތްތަކެއް ...

Read More »

ފެމިލީ ކޯޓުގެ 2018 ވަނަ އަހަރުގެ ރިސެސް

ފެމިލީ ކޯޓުގެ  ރިސެސް ކުރިއަަށްދާނީ 16 ޑިސެމްބަރުން 31 ޑިސެމްބަރުގެ ނިޔަލަަށެވެ. ރިސެސްގެ މުއްދުތުގެ ތެރޭގައި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް ފިޔަވައި، އެހެނިހެން މައްސަލަތައް ބެލުން މަދުކުރެވޭނެއެވެ. ރިސެސް ތެރޭގައި ކޯޓުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ޤަވާޢިދުތައް މުރާޖަޢާކުރުމާއި، މުވައްޒަފުން މަސައްކަތަށް ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

Read More »

ފެމިލީ ކޯޓުގެ ”ޢާއިލީ ޞުލްޙަ ވެހި“ އިފްތިތާޙްކުރައްވައިފި

ފެމިލީ ކޯޓުން ހިންގަމުންއައި ”ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައި“ގެ ނަން ” ޢާއިލީ ޞުލްޙަ ވެހި “ގެ ނަމަށް ބަދަލުކޮށް މިއަދު އިފްތިތާޙްކުރައްވައިފިއެވެ. މި ބަދަލު ގެނެވިފައިވަނީ، ޢާއިލީ މައްސަލަތައް ހައްލުކުރުމުގެ މަސަކަތް އިތުރަށް ހަރުދާނާކޮށް ފުޅާކުރުމުގެ މަޤްޞަދުގައެވެ. ޢާއިލީ މައްސަލަތައް ޙައްލުކުރުމާއިބެހޭ މަސައްކަތް އެންމެ ފުރަތަމަ ފެށިފައިވަނީ 2001 ވަނަ އަހަރު ތަސްދީގުކުރެވުނު ޢާއިލާއާބެހޭ ...

Read More »

ސާބިތު ޚަރަދުގެ ފައިސާ ޙުކުމާއެއްގޮތަށް ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ޢާއްމުކޮށް ޝާޢިއުކުރާގޮތަށް ހަމަޖައްސަވައިފި

ސާބިތު ޚަރަދުގެ ފައިސާ ޙުކުމާއެއްގޮތަށް ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު، ކޮންމެ ތިންމަހުން އެއްފަހަރު ޢާއްމުކޮށް ޝާޢިއުކުރާގޮތަށް ހަމަޖައްސައި 02 އޮކްޓޯބަރ 2018 ގައި ވަނީ ޢާއްމުކޮށް އިޢުލާންކުރެވިފައެވެ. ސާބިތު ޚަރަދު ފައިސާގެތެރޭގައި ހިމެނެނީ، ކޯޓު މެދުވެރިކޮށް ދެއްކުމަށް އަންގާ ޙުކުމްކުރެވިފައިވާ ދަރިންގެ ޚަރަދާއި، އަނބިމީހާގެ ޚަރަދާއި، ޢިއްދާގެ ޚަރަދާއި، ވިހެމުގެ ޚަރަދުގެ ފައިސާއެވެ. 2018 ޖެނުއަރީ ...

Read More »

ފެމިލީ ކޯޓަށް ޤާޟީއަކު ހަމަޖައްސަވައިފި

   10 ޖުލައި 2017 އިން ފެށިގެން މި ކޯޓުގެ ޤާޟިކަމުގެ މަގާމަށް ބޭފުޅުކު ހަމަޖައްސަވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން މި ކޯޓަށް ހަމަޖައްސަވާފައިވަނީ ކުރިން ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި އއ.ފެރިދޫ/ސިޔާމާމަންޒިލް އަލްއުސްތާޛް އަޙްމަދު ޝަކީލް އެވެ.

Read More »

ފެމިލީ ކޯޓަށް 20 އަހަރު ވުމާއި ގުޅިގެން ކޯޓުގެ މުވައްޒަފުންގެ ފަރާތުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފި

ފެމިލީ ކޯޓުގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މުވައްޒަފުން އިސްނަގައިގެން ޚާއްޞަ ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާގެ މައިގަޑު އަމާޒަކީ މުވައްޒަފުންނާއި ޤާޟީން އެއްތަނަކުން ބައްދަލުވެ އުފާވެރި މާހައުލެއްގައި ޚިޔާލް ބަދަލުކޮށް ކޯޓުގެ އަމާޒްތަކަށް ވާސިލުވުމަށް މަގުފަހިކުރުމެވެ. މި ހަފްލާގައި ފެމިލީ ކޯޓު އުފެދުނީއްސުރެ މި އަދާއި ހަމައަށް ޚިދުމަތުގައި ދެމިތިއްބެވި 6 ...

Read More »