2021 ޑިސެންބަރު 16 ވަނަ ދުވަހުން ފެށިގެން 2021 ޑިސެމްބަރު 31 ވަނަ ދުވަހާ ހަމަށް ފެމިލީ ކޯޓު އޮންނާނީ ރިސެސްގައެވެ. ރިސެސްގެ މުއްދަތުގެތެރޭގައި މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުން މަދުކުރެވޭނެއެވެ. ނަމަވެސް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި ކާވެނިތައް ކޮށްދިނުމާއި އެނޫންވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތައް މި މުއްދަތުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ. ރިސެސްގެ ތެރޭގައި، ...
Read More »ޚަބަރު
ފެމިލީ ކޯޓަށް 2 ފަނޑިޔާރުން ޢައްޔަންކޮށްފި
ޖޭ.އެސް.އީ އިން ފެމިލީ ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛާ ޒަޢީމާ ނަޝީދު އާއި އަލްއުސްތާޛާ މަޢީޝާ ޔޫސުފް ސަމީރު ވަނީ ޢައްޔަންކުރައްވާފައެވެ. މި ދެ ބޭފުޅުން މަޤާމުގެ ހުވާ ކުރެއްވީ 2021 ނޮވެންބަރު 28 ވީ އާދީއްތަ ދުވަހު ޖޭ.އެސް.އީ އިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ދެބޭފުޅުން މިއަދު ވަނީ ފެމިލީ ކޯޓަށް ވަޑައިގެން ...
Read More »ބަދަލު ހަމަޖެއްސުމާއި ޤާނޫނީ ވަކީލަކު ޢައްޔަންކުރުމާ ބެހޭ ޤަވާޢިދު ޢާއްމުކޮށްފި
ބަދަލުގައި ޝަރީޢަތަށް ޙާޟިރުވާނެ ފަރާތެއް ހަމަޖެއްސުމާއި ޤާނޫނީ ވަކީލަކު ޢައްޔަންކުރުމާ ގުޅޭގޮތުން ޢަމަލުކުރާނެ އިޖުރާއަތު ބަޔާންކުރާ ޤަވާޢިދު މިއަދު ޢާއްމުކޮށްފިއެވެ. 2021 އޮކްޓޫބަރު 26 ވީ އަންގާރަ ދުވަހު ބޭއްވި ޤާޟީންގެ ޢާންމު މަޖިލީހުން ފާސްކުރެއްވި “ބަދަލު ހަމަޖެއްސުމާއި ޤާނޫނީ ވަކީލަކު ޢައްޔަންކުރުމާ ބެހޭ ޤަވާޢިދު” އަށް ޢަމަލުކުރަން ފަށާނީ 2021 ނޮވެންބަރު 01 ވާ ...
Read More »ހަފްތާގެ ހުރިހާ ދުވަހަކު ކާވެނި ކޮށްދޭގޮތަށް ބަދަލު ގެނައުން
04 އޮގަސްޓް 2021 އިން ފެށިގެން ހަފްތާގެ ހުރިހާ ދުވަސްތަކުގައި ކާވެނި ކޮށްދޭގޮތަށްވަނީ ބަދަލު ގެނެވިފައެވެ. މީގެ އިތުރުން ރަސްމީ އަދި ނުރަސްމީ ގަޑީގައި އޮންލައިންކޮށް ކާވެނިތައް ކޮށްދެވޭނެއެވެ. އަދި ކޯޓަށް ޙާޟިރުވެގެން ކާވެނި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖެހިފައި އޮންނާނެއެވެ. މިގޮތުން ރަސްމީ ގަޑީގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:30 ...
Read More »ކޮވިޑް-19 ގެ ޙާލަތު ގޯސްވުމާގުޅިގެން ކޯޓުގެ ޚިދުމަތްތަކަށް ބަދަލު ގެނައުން
ކޮވިޑް-19ގެ ޙާލަތު ގޯސްވެ އިތުރު ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމާފައިވާތީ، 26 މެއި 2021 އިން ފެށިގެން ކޯޓުން ދެމުންގެންދާ ބައެއް ޚިދުމަތްތަކަށް ވަނީ ބަދަލުގެނެވިފައެވެ. މިގޮތުން ކޯޓަށް ހުށަހަޅާ އެންމެހައި ފޯމުތަކާއި ލިޔެކިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީމެއިލް މެދުވެރިކޮށް، ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 1:00 އަށެވެ. އީމެއިލް ...
Read More »ޝަރީޢަތާ ގުޅޭ ބައެއް ފޯމުތަކަށް ބަދަލު ގެނައުން
މި ކޯޓުގެ ޝަރީޢަތާ ގުޅޭ ބައެއް ފޯމުތައް އިސްލާޙުކުރެވި ބަދަލުތަކެއް ވަނީ ގެނެވިފައެވެ. މިގޮތުން “ޙަޟާނަތުގެ ދަޢުވާ ހުށަހަޅާ” ފޯމު އިސްލާޙު ކޮށް، މައިންބަފައިންކުރެ ކުއްޖާ އިޚްތިޔާރު ކުރާ ފަރާތެއް ކަނޑައެޅުމުގެ މައްސަލަ މި ފޯމުން ހުށަހެޅޭގޮތަށް ވަނީ ބަދަލުކުރެވިފައެވެ. އަދި “ބެލެނިވެރިކަން ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ފޯމު” ވަނީ އުވާލެވިފައެވެ. މީގެ އިތުރުން، ހިބައާއި ...
Read More »ރަމަޟާން މަހު ކޯޓުގެ ޚިދުމަތްދޭ ވަގުތުތަކަށް ބަދަލު އައުން
1442 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރުގެ ރަސްމީ ގަޑީއަކީ ހެނދުނު 9:00 ން މެންދުރު 13:00 އަށް ކަމުގައިވާތީ، ކޯޓުން ދޭ ޚިދުމަތްތަކަށް އަންނަނިވި ގޮތަށް ވަނީ ބަދަލުކުރެވިފައެވެ. މިދުވަސްވަރުގައިވެސް ކާވެނިކޮށްދިނުން ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ކޯޓަށް ހާޒިރުވެގެންނާއި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށެވެ. އިޢުލާން
Read More »ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޯޓުގެ ޚިދުމަތްތަކަށް ބަދަލު ގެނައުން
ކޮވިޑް-19 އިން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ކަމާ ގުޅޭ އިދާރާތަކުން އަންގާފައިވާތީ، 07 ފެބްރުއަރީ 2021 ން ފެށިގެން ކޯޓުގެ ބައެއް ޚިދުމަތްތަކަށް ބަދަލުތައް ވަނީ ގެނެވިފައެވެ. މިގޮތުން ޝަރީޢަތާ ގުޅުންހުރި އެންމެހައި ފޯމުތަކާއި އެހެނިހެން ފޯމުތައް ބަލައިގަންނާނީ ޖަސްޓިސް ބިލްޑިން ފުރަތަމަ ފަންގިފިލާގައި ބެހެއްޓިފައިވާ ޑްރޮޕް ބޮކްސްއާއި އީމެއިލް މެދުވެރިކޮށް، ކޮންމެ ރަސްމީ ...
Read More »ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޯޓުން ބޭރުގައި ކުރާ ކައިވެނިތައް ކޮށްދިނުމުގެ އުސޫލަށް ބަދަލު ގެނައުން
ކޮވިޑް-19 އިން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެޗް.ޕީ.އޭ އިން އަންގާފައިވާތީ، ކޯޓުން ބޭރުގައި ކުރާ ކައިވެނިތައް ކޮށްދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ވަނީ ގެނެވިފައެވެ. މިގޮތުން ކާވެނީގެ މަޖިލީހަށް ޙާޒިރުވެވޭނީ ކޯޓުގެ 3 އޮފިޝަލުން ހިމެނޭ ގޮތުން ޖުމްލަ 10 މީހުންނަށެވެ. އަދި ކާވެނީގެ މަޖިލީސް ބާއްވާ ތަނަކީ އެޗް.ޕީ.އޭ ގެ މިންގަޑާ އެއްގޮތަށް ...
Read More »ކައިވެންޏަށް ހޭލުންތެރިކުރުމުގެޕްރޮގްރާމް އޮންލައިންކޮށް ކުރިއަށް ގެންދަން ފެށުން
6 ޖެނުއަރީ 2020 ގައި ކާވެންޏަށް ހޭލުންތެރިކުރުމުގެޕްރޮގްރާމް ފެމެލީ ކޯޓުން އޮންލައިންކޮށް ކުރިއަށް ގެންދަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.މިޕްރޮގްރާމްގައި ބައިވެރިވެލެއްވުމަށް، ފެމެލީ ކޯޓުގެ ވެބްސައިޓު (familycourt.gov.mv) އިން ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި، އޮންލައިންކޮށް ބައިވެރިވުމަށް އެދި ހުށަހަޅާ ސްލިޕް ޑައުންލޯޑު ކުރެއްވުމަށް ފަހު، ސްލިޕްގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށް ފަހު، ސްލިޕްގެ ކޮޕީ އަދި އައި.ޑީ.ކާޑުގެ ކޮޕީ[email protected] ...
Read More »