ފެމިލީ ކޯޓަށް 20 އަހަރު ވުމާއި ގުޅިގެން ކޯޓުގެ މުވައްޒަފުންގެ ފަރާތުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފި

ފެމިލީ ކޯޓުގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މުވައްޒަފުން އިސްނަގައިގެން ޚާއްޞަ ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާގެ މައިގަޑު އަމާޒަކީ މުވައްޒަފުންނާއި ޤާޟީން އެއްތަނަކުން ބައްދަލުވެ އުފާވެރި މާހައުލެއްގައި ޚިޔާލް ބަދަލުކޮށް ކޯޓުގެ އަމާޒްތަކަށް ވާސިލުވުމަށް މަގުފަހިކުރުމެވެ. މި ހަފްލާގައި ފެމިލީ ކޯޓު އުފެދުނީއްސުރެ މި އަދާއި ހަމައަށް ޚިދުމަތުގައި ދެމިތިއްބެވި 6 މުވައްޒަކަށާއި 15 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ 10 މުވައްޒަފަކަށް އެ ކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުގެ ހަނދާނީ ލިޔުން ދިނުން އޮތެވެ. ފެމިލީ ކޯޓު އުފެދިފައިވަނީ 01 އޯގަސްޓް 1997 ގައި އާއިލިއާ ބެހޭ ކޯޓުގެ ނަމުގައެވެ. .