ފެމިލީ ކޯޓުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ރިސެސް

ފެމިލީ ކޯޓުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ރިސެސް ކުރިއަށް ދާނީ 01 ޖޫން 2019 އިން 15 ޖޫން 2019ގެ ނިޔަލަށެވެ. ރިސެސްގެ މުއްދަތުގެތެރޭގައި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް ފިޔަވައި، އެހެނިހެން މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުން މަދުކުރެވޭނެއެވެ. ރިސެސްގެ ތެރޭގައި، ކޯޓުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ޤަވާޢިދުތައް މުރާޖަޢާކުރުމާއި، މުވައްޒަފުން މަސައްކަތަށް ހޭލުންތެރިކުރުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.