ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޯޓުން ބޭރުގައި ކުރާ ކައިވެނިތައް ކޮށްދިނުމުގެ އުސޫލަށް ބަދަލު ގެނައުން

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެޗް.ޕީ.އޭ އިން އަންގާފައިވާތީ، ކޯޓުން ބޭރުގައި ކުރާ ކައިވެނިތައް ކޮށްދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ވަނީ ގެނެވިފައެވެ. މިގޮތުން ކާވެނީގެ މަޖިލީހަށް ޙާޒިރުވެވޭނީ ކޯޓުގެ 3 އޮފިޝަލުން ހިމެނޭ ގޮތުން ޖުމްލަ 10 މީހުންނަށެވެ. އަދި ކާވެނީގެ މަޖިލީސް ބާއްވާ ތަނަކީ އެޗް.ޕީ.އޭ ގެ މިންގަޑާ އެއްގޮތަށް ގައިދުރުކަން ކަށަވަރުކުރެވޭނެ ތަނަކަށްވެސް ވާންޖެހެއެވެ.

މި ބަދަލާއެކުވެސް ކޯޓުގައި ކާވެނީ ކުރަން ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް އެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ކާވެނީގެ މަޖިލިސްތަކަށް ހާޒިރުވާ އެންމެހައި ފަރާތްތައް މާސްކު އެޅުމަށާއި، ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކުރަމެވެ.