ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖްލިސް ބާއްވައި ކައިވެނީގެ ޢަޤުދު ކޮށްދިނުން

ކޯވިޑް 19 އާއި ގުޅިގެން އިޢުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތުގައި، ފެމިލީ ކޯޓުން ކޮށްދޭ ކައިވެނިތަކުގެ މަޖްލިސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުމަށް ވަނީ އުޞޫލެއް އެކުލަވާލާފައެވެ. މިހާރު ކައިވެނި ކުރުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށާއި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކަށް، މި އުޞޫލުގެ ދަށުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖްލިސް ބޭވުމުގެ ފުރުޞަތު ލިބިދެވޭނެވެ.

މިއުޞޫލުގެ ދަށުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި އަޤުދުކޮށްދިނުމުގެ މަޖްލިސް ބޭއްވުމަށް އެދި ހުށަހަޅާނީ، ތިރީގައިވާ އީމެއިލް އެޑްރެސް އަށް އީމެއިލް ކޮށްގެނެވެ.

[email protected]

“ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކާ ގުޅޭ އިޤުރާރު” ޑައުންލޯޑް ކުރުމަށް ތިރީގައިވާ ލިންކަށް ފިއްތާލައްވާ:

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކާވެނިތަކާ ގުޅޭ އިޤްރާރު

“ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖްލިސް ބާއްވައި ކައިވެނީގެ ޢަޤުދު ކޮށްދިނުމު އުޞޫލު” ޑައުންލޯޑް ކުރުމަށް ތިރީގައިވާ ލިންކަށް ފިއްތާލައްވާ:

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކާވެނީގެ މަޖްލިސް ބާއްވައި ކާވެނީގެ ޢަޤުދު ކޮށްދިނުމުގެ އުޞޫލު