ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު އައްޔަނު ކުރުން

ފެމެލީ ކޯޓުގެ އިސްޤާޟީކަމުގެ މަޤާމަށް އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ޢައްޔަންކޮށްފިއެވެ. މިއަދު އެ ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، އަލްއުސްތާޛާ ހުޒައިފާ މުޙައްމަދުއަށް މަޤާމުގެ ފަތްކޮޅު އެރުއްވީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސެއިންނެވެ.

ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް އައްޔަނުކުރި އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ކޯޕަރޭޓިވް ލޯ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.