ހިބަ، ވަސިއްޔަތް އަދި ތަރިކައިގެ މައްސަލަތައް ބަލައިގަންނާނީ 27 ޖަނަވަރީ އާ ހަމައަށް

ސުޕްރީމް ކޯޓުގެ ނަންބަރު SCPD-01/2022 (4 ޖަނަވަރީ 2022) ޕްރެކްޓިސް ޑައިރެކްޝަންގައިވާ ގޮތުގެ މަތިން 01 ފެބުރުވަރީ 2022އިން ފެށިގެން މި ކޯޓުން ބަލަމުންދާ ހިބައާއި ވަޞިއްޔަތާއި، ތަރިކައިގެ މައްސަލަތަކާއި، ވާރިސުން ގިންތިކުރުމުގެ މައްސަލަތަކާއި، މައިންބަފައިންގެ ގެދޮރަށް ވައްދައިދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ބަލަމުން ގެންދާނީ ސިވިލް ކޯޓުން ކަމުގައިވާތީ، މި ބާވަތުގެ މައްސަލަތަކުގެ ފޯމު ފެމިލީ ކޯޓަށް  ބަލައިގަންނާނީ 27 ޖަނަވަރީ 2022ގެ މެންދުރު 12:00އާ ހަމައަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 144-1/2022/92 (25 ޖަނަވަރީ 2022) އިޢުލާނުގައިވާ ގޮތަށް 26 ޖަނަވަރީ 2022އިން ފެށިގެން މި ބާވަތުގެ މައްސަލަތައް ސިވިލް ކޯޓަށް ހުށަހެޅޭނެއެވެ.