ނުރަސްމީ ގަޑީގައި ކާވެނި ކޮށްދިނުމަށް ނިންމައިފި

ކޮވިޑް-19 އާ ގުޅިގެން ހަމައެކަނި ރަސްމީ ގަޑީގައި ކައިވެނި ކޮށްދޭގޮތަށް ނިންމާފައިވާ ނިންމުމަށް ބަދަލު ގެނަސް 2020 ނޮވެމްބަރު 01 އިންފެށިގެން ކުރިއެކޭ އެއްގޮތަށް ނުރަސްމީ ގަޑިގައިވެސް ކާވެނި ކޮށްދިނުމަށް 2020 އޮކްޓޯބަރ 20 ވަނަ ދުވަހު ބޭއްވި ފެމިލީ ކޯޓު ޤާޟީންގެ އާއްމު މަޖިލީހު ނިންމައިފިއެވެ. އެގޮތުން ނުރަސްމީ ގަޑީގައި ކާވެނި ކޮށްދޭނީ ރޭގަނޑު 9 އާ ހަމައަށް ކަމަށާއި އަދި ނުރަސްމީ ގަޑީގައި ކުރާ ކާވެނިގައި ނަގާނީ މީގެކުރިންވެސް ނުރަސްމީ ގަޑީގައި ކޯޓުގައި ކުރާ ކާވެނީގައި ނަގަމުން އަންނަ ފީ އެވެ.

މި ނިންމުމާއެކު މިހާރު ކޯޓުން ކައިވެނި ކޮށްދޭ ގަޑިތަކަކީ، ރަސްމީ ދުވަސްތަކުގައި ރަސްމީގަޑީގައި ހެނދުނު 08:30 ން 14:00 އަށް، އަދި ނުރަސްމީގަޑީގައި ކޮށްދޭނީ ހަވީރު 16:00 ން 21:00 އާއި ހަމައަށެވެ. ހުކުރު ދުވަހާއި ހޮނިހިރު ދަވަހު ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 ން 21:00 އަށެވެ. މި ބަދަލު ގެނައި ނަމަވެސް ކައިވެނީގެ މަޖިލިސްތައް ކުރިއަށް ގެންދާނީ އޮންލައިން ކޮށެވެ.