ގްރައުންޑް ފްލޯގައި އެކަނި ކާވެނި ކޮށްދޭގޮތަށް އޮތް އޮތުން ބަދަލުކުރުމަށް ނިންމުން

ކާވެނީގެ މަޖިލިސް ބާއްވާ ތަން، އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ މީހުން ދިރިނޫޅޭ ތަނަކަށް ވާންޖެހޭނެކަމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް، އެނޫން ތަންތަނުގައިވެސް ކާވެނި ކޮށްދިނުމުގެ ހުއްދަ ދިނުމަށް ކޯޓުން ނިންމައިފިއެވެ. އެހެން ކަމުން މިއަދުން ފެށިގެން އިމާރާތްތަކުގެ އެކި ފްލޯތަކާއި ޓެރަސްތަކުގައިވެސް ކާވެނީ ކޮށްދޭނެއެވެ. އެހެން ނަމަވެސް ކުރިއެކޭ އެއްގޮތަށް ކޯޓުން ބޭރުގައި ކާވެނި އަޤްދުކޮށްދިނުމުގެ ހުއްދަ ދެވޭނީ ކައިވެނީގެ  މަޖިލިހަށް  ޙާޟިރުވާންޖެހޭ  ފަރާތްތަކަށާއި  ކޯޓުގެ ފަރާތުން ކާވެނި ކޮށްދިނުމަށް އަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ތިބެވޭ ފަދަ ގޮތަކަށް ތައްޔާރުކުރެވިފައިވާ ތަނަކަށް ކާވެނީގެ މަޖިލިސް ވެގެންނެވެ. އަދި ކާވެނީގެ މަޖިލީހުގެ އެންމެހައިކަންކަން އިންތިޒާމުކުރެވިފައި ހުންނަންވާނީ އެޗް.ޕީ.އޭ އިން ނެރުއްވާ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.