ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފެމިލީ ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލު އިސްލާޙްކޮށްފި

ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލާ ގުޅިގެން ރެޑް އެލަރޓްގެ ޙާލަތުގައި ފެމިލީ ކޯޓުގެ ޝަރީޢަތްތައް ކުރިއަށްދާނެގޮތުގެ އުޞޫލު” މުރާޖަޢާކޮށް ބައެއް ބަދަލުތަކާއެކު “ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފެމިލީ ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލު” ފާސްކޮށްފިއެވެ. މި އައު އުސޫލާގައިވާގޮތުން، ފެމިލީ ކޯޓަށް މައްސަލަ ހުށަހަޅާއިރު، ހުށަހަޅަ މައްސަލަ ފޯމާއި ލިޔެކިޔުންތަކާއެކު “އީ-މެއިލް މެދުވެރިކޮށް މައްސަލަ ހުށަހެޅުމަށާއި ޓެލެކޮންފަރެންސްކޮށް ޝަރީޢަތް ހިންގުމަށް ވާ އިޤްރާރު” އާއި ފޯމު ފީދެއްކި ކަމުގެ ސްލިޕް ހުށަހަޅަން ޖެހެއެވެ. މި އުޞޫލަށް ޢަމަލުކުރަން ފެށުމުން 28 ޖޫން 2020 ވަނަ ދުވަހު ޢަމަލުކުރަން ފަށާފައިވާ “ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލާ ގުޅިގެން ރެޑް އެލަރޓްގެ ޙާލަތުގައި ފެމިލީ ކޯޓުގެ ޝަރީޢަތްތައް ކުރިއަށްދާނެގޮތުގެ އުޞޫލު” އުވުނީކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. .