ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކަށް ފަސޭހަކޮށް ދިނުމުގެ ގޮތުން، ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ ބަދަލުގައި ސްލިޕްއެއް ހުށަހަޅާ ގޮތަށް ހަމަޖެހުނު ވާހަކަ ދަންނަވަމެވެ. މިސްލިޕް ނެންގެވުމަށާއި އަދި ހުށަހެޅުއްވުމަށް ކިއު ނަންބަރު ނަންގަވާކަށް ނުޖެހޭނެއެވެ.
ފެމިލީ ކޯޓުގެ ކާވެނިކޮށްދިނުމާއި ރަޖިސްޓްރީކުރުމާއިބެހޭ ބައި (ހެންވޭރު، މޫންލައިޓް ހިނގުން / މާލެ ) އިން އަދި ކޯޓުގެ ވެބްސައިޓު http://familycourt.gov.mv އިން މި ސްލިޕް ލިބިވަޑައި ގަންނަވާނެވެ. ސްލިޕްގައި ހިމަނަންޖެހޭ މަޢުލޫމާތު ފުރިހަމަކުރުމަށް ފަހު، ހުށަހަޅުއްވަނީ ފެމިލީ ކޯޓުގެ ކާވެނިކޮށްދިނުމާއި ރަޖިސްޓްރީކުރުމާއިބެހޭ ބައިގެ ރިސެޕްޝަންއަށެވެ.