ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރުނެރެ ނިންމީ.
ސާބިތު ފައިސާ ދައްކާ ޚަލާޞް ކުރުމާމެދު ދެ ފަރާތުން އެއްބަސްވެފައިވާތީ ދެފަރާތުން އެއްބަސްވެފައިވާ ގޮތުގެމަތިން ގިނަވެގެން 14 މަސްދުވަހުގެ ތެރޭގައި 10000 ރުފިޔާގެ މަގުން ސާބިތު ޚަރަދު ދެއްކުމަށާއި އަދި މަހުން މަހަށް ދައްކަންޖެހޭ 4000 ރުފިޔާވެސް ޙުކުމާ އެއްގޮތަށް ދައްކަމުން ދިޔުމަށް ޙުކުމްކޮށް މައްސަލަ ނިންމީ.
ޞުޕަވިޜަން ޢަމުރު ނެރެދީ ނިންމީ.
ފެމިލީކޯޓުގެ ނަންބަރު 188/Fm-C/2022ޤަޟިއްޔާއިން ލައްވާފައިވާ ޚަރަދުގެ ތެރެއިން ނުދައްކާހުރި ފައިސާ، ދައްކާ ޚަލާސްކޮށްފައިވާކަން ދެފަރާތުގެ ބަހުން އެނގޭތީ، މި ޤަޟިއްޔާއާއި ގުޅިގެން ދައްކަންޖެހޭ ކަމަށް މިކޯޓުގެ ރެކޯޑުން ފެންނަންހުރި ފައިސާއަކި މީގެ ފަހުން ދަޢުވާލިބޭފަރާތުން ކޯޓަށް ދައްކަންޖެހޭ ފައިސާއެއްނޫން ކަމަށާއި އަދި މިޤަޟިއްޔާއާއި ގުޅިގެން ކުރިޔަށް އޮތްތަނުގައި ފައިސާ ހޯދަން ބޭނުންނުވާކަމަށް ޙައްޤުލިބެންވާ ފަރާތުން ބުނެފައިވާތީ، މި ޤަޟިއްޔާއާއި ގުޅިގެން މީގެ ފަހުން މިކޯޓަށް ފައިސާ ދައްކަންނުޖެހޭނެ ކަމަށް ކަނޑައަޅައި ނިންމީ.
ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް ދެ މަސްދުވަހުގެ ތެރޭގައި ސާބިތު ޚަރަދު ދެއްކުމަށް ޙުކުމްކޮށް މައްސަލަ ނިންމީ
ސާބިތު ޚަރަދު ކޯޓުން ބޭރުން ލިބިފައިވާކަމަށް ދ.ކުރާގެ ލިޔުންތަކުން އެނގޭތީއާއި ސާބިތު ޚަރަދު ބޭނުންވަނީ ކޯޓު މެދުވެރިނުކޮށްކަމަށް ދައުވާ ކުރާ ބުނެފައިވާތީ މީގެ ފަހުން ކޯޓު މެދުވެރިކޮށް ސާބިތު ޚަރަދު ދައްކަން ނުޖެހޭ ކަމަށް ކަނޑައަޅައި މައްސަލަ ނިންމީ
ފެމިލީކޯޓުގެ ނަންބަރު 65/Fm-C/2022ޤަޟިއްޔާއިން ލައްވާފައިވާ ޚަރަދުގެ ތެރެއިން ނުދައްކާހުރި ފައިސާ ގިނަވެގެން 08 މަސް ދުވަހުގެ ތެރޭގައި ކޯޓަށް ދައްކައި ޚަލާޞްކުރުމަށް އަންގައި އަދި މިމުއްދަތުގައިވެސް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ގެންދިޔުމަށް އަންގައި ނިންމީ.
ސާބިތު ޚަރަދު ދެއްކުމާމެދު ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އާ ދެވިފައި ނުވާތީ ޝަރީޢަތަށް ލިބިފައިވާ ބާރުގެ ދަށުން 15 ދުވަހުގެ ތެރޭގައި ސާބިތު ޚަރަދު ދެއްކުމަށް އަންގާ މައްސަލަ ނިންމީ
ސާބިތު ޚަރަދު ކޯޓުން ބޭރުން ލިބިފައިވާކަމަށް ދަޢުވާކުރާ ފަރާތުގެ ލިޔުންތަކުން އެނގޭތީ އާއި ސާބިތު ޚަރަދު ބޭނުންވަނީ ކޯޓު މެދުވެރިނުކޮށްކަމަށް ދައުވާ ކުރާ ބުނެފައިވާތީ މީގެ ފަހުން ކޯޓު މެދުވެރިކޮށް ސާބިތު ޚަރަދު ދައްކަން ނުޖެހޭ ކަމަށް ކަނޑައަޅައި މައްސަލަ ނިންމީ