ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް އަލްއުސްތާޛު އިބްރާހީމް މާހިރު އައްޔަނު ކުރުން

ފެމެލީ ކޯޓުގެ އިސްޤާޟީކަމުގެ މަޤާމަށް އަލްއުސްތާޛް އިބްރާހީމް މާހިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިއްޔެ ޢައްޔަން ކުރައްވައިފިއެވެ. އިއްޔެ އެ ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، އަލްއުސްތާޛް އިބްރާހީމް މާހިރުއަށް މަޤާމުގެ ފަތްކޮޅު އެރުއްވީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސެއިންނެވެ.

އަލްއުސްތާޛް އިބްރާހީމް މާހިރު ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2005 ވަނަ އަހަރުގެ ނޮވެންބަރު  މަހުގެ 09 ވަނަ ދުވަހު ސިވިލް ކޯޓުގެ ޤާޟީކަމަށެވެ. އެއަށް ފަހު 2010 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ޢާއިލާއާ ބެހޭ ކޯޓަށް ބަދަލުވެ ވަޑައިގަތެވެ.