2022 ޑިސެންބަރު 16 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމަށް ފެމިލީ ކޯޓު އޮންނާނީ ރިސެސްގައި

2022 ޑިސެންބަރު 16 ވަނަ ދުވަހުން ފެށިގެން 2022 ޑިސެމްބަރު 31 ވަނަ ދުވަހާ ހަމަށް ފެމިލީ ކޯޓު އޮންނާނީ ރިސެސްގައެވެ. ރިސެސްގެ މުއްދަތުގެތެރޭގައި މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުން މަދުކުރެވޭނެއެވެ. ނަމަވެސް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި ކާވެނިތައް ކޮށްދިނުމާއި އެނޫންވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތައް މި މުއްދަތުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ.

ރިސެސްގެ ތެރޭގައި، ކޯޓުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ޤަވާޢިދުތައް މުރާޖަޢާކުރުމާއި، މުވައްޒަފުން މަސައްކަތަށް ހޭލުންތެރިކުރުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.