ކޮވިޑް-19 ގެ ޙާލަތުގައި ފެމިލީ ކޯޓުން އޮންލައިންކޮށް ކާވެނީ ކޮށްދިން ނަމަވެސް، 2020 ޑިސެމްބަރ 01 ވަނަ ދުވަހުން ފެށިގެން، ކޯޓަށް މީހުން ހާޒިރުކޮށްގެން ކާވެނި އަޤްދުކޮށްދިނުމަށް ނިންމާ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކާވެނީގެ ޢަޤްދުކޮށްދިނުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ.
އަދި ހަމައެއާއެކު، ކޯޓުން ބޭރުގައި ކާވެނީގެ މަޖިލިސް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ފަރާތްތަކަށް ކޯޓުން ބޭރުގައި ކާވެނި އަޤްދުކޮށްދިނުމުގެ ކަންކަން ހަމަޖެހިގެން ދާނެއެވެ. ކޯޓުން ބޭރުގައި ކާވެނި އަޤްދުކޮށްދިނުމުގެ ހުއްދަ ދެވޭނީ ކޯޓުން ކަނޑައަޅާ އުސޫލާއި އެޗް.ޕީ.އޭ އިން ނެރުއްވާ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. މިގޮތުން ކާވެނީގެ މަޖްލިސް ބާއްވާ ތަން އެފަދަ މަޖްލިހެއް ބޭއްވުމަށް އެކަށީގެންވާ ގޮތަށް، އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ މީހުން ދިރިނޫޅޭ ތަނަކަށް ވާންޖެހޭނެއެވެ.