އަޟްޙާ ޢީދާއި ގުޅިގެން ސަރުކާރު ބަންދު ކުރެވިފައިވާ ދުވަސްތަކުގައި ފެމިލީ ކޯޓަށް ފޮނުވާ ލިޔެކިޔުންތައް އެންޓްރީ ނުކުރުމަށްވަނީ ނިންމާފައެވެ.

އަޟްޙާ ޢީދާއި ގުޅިގެން ސަރުކާރު ބަންދު ކުރެވިފައިވާ ދުވަސްތަކުގައި، 23 ޖުލައި 2020 ވަނަ ދުވަހުގެ 14:00 އިން ފެށިގެން 04 އޯގަސްޓް 2020 ވަނަ ދުވަހުގެ 08:00 އާއި ހަމައަށް، ފެމިލީ ކޯޓަށް ފޮނުވާ އީމެއިލްތަކާއި އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތަކާއި ލިޔެކިޔުންތައް ކޯޓަށް ބަލައިގަނެ އެންޓްރީ ނުކުރެވޭނެކަމަށް ފެމެލީކޯޓުންވަނީ ނިންމާފައެވެ.

އަދި ކުރިއެކޭ އެއްގޮތަށް، 04 އޯގަސްޓް 2020 ވަނަ ދުވަހުގެ 08:00 ގެ ފަހުން ފޮނުވާ އީމެއިލްތަކާއި އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތަކާއި ލިޔެކިޔުންތައް ބަލައިގަންނަމުންދާނެކަމުގައި ވެސް ފެމެލީކޯޓުންވަނީ ނިންމާފައެވެ.