![](https://familycourt.gov.mv/wp-content/uploads/2020/10/WhatsApp-Image-2020-12-02-at-16.59.22-1024x768.jpeg)
ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން ކާވެނި އަޤްދުކޮށްދިނުން ހަމައެކަނި ކޯޓުން ކަނޑައަޅާ މައުޒޫނުން ލައްވާ ކުރާ ގޮތަށް އޮތް އޮތުން ބަދަލުގެނެސް ކާވެނިކުރަން އެދޭ ފަރާތްތަކުން ކަނޑައަޅާ މައުޒޫނުކަމުގެ ހުއްދަ އޮންނަ އަމިއްލަ ފަރާތްތައް ލައްވާ ކާވެނި އަޤްދުކޮށްދިނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކާވެނި އަޤްދުކޮށްދިނުމަށް އަމިއްލަ ފަރާތްތައް ހަމަޖެއްސި ނަމަވެސް، ކޯޓުން ކުރާ ހުރިހާ ކައިވެނިތައް ވެސް މިވަގުތު ކުރަމުން ދަނީ އޮންލައިންކޮށް ކަމުގައިވާތީ، ކާވެނި ކުރާ ދެމީހުންނާއި ވަލީވެރިޔާއާއި ހެކިވެރިން ކޯޓަށް ޙާޟީރު ނުވިނަމަވެސް ކާވެނި އަޤްދުކޮށްދޭ ފަރާތް ޙާޟިރުވެ ހުއްނަންވާނީ ކޯޓުގައި ކަމަށެވެ.
މިފުރުސަތު ހުޅުވާލި ނަމަވެސް، ކުރިއެކޭވެސް އެއްގޮތަށް އެ ފަދަ މައުޒޫނުންނަށް އަޤްދުކޮށްދިނުމުގެ ފުރުސަތު ދެވޭނީ ކޯޓުން ކަނޑައަޅާ އިމްތިހާނެއް ފުރިހަމަކުރުމަށްފަހު އެ ކަމުގެ ހުއްދަ ލިބިގެންނެވެ.