2023 ޖޫން 01 ވަނަ ދުވަހުން ފެށިގެން 15 އަށް ވަނަ ދުވަހާ ހަމައަށް ފެމިލީ ކޯޓު އޮންނާނީ ރިސެސްގައި

2023 ޖޫން 01 ވަނަ ދުވަހުން ފެށިގެން 2023 ޖޫން 15 ވަނަ ދުވަހާ ހަމަށް ފެމިލީ ކޯޓު އޮންނާނީ ރިސެސްގައެވެ. ރިސެސްގެ މުއްދަތުގެތެރޭގައި މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުން މަދުކުރެވޭނެއެވެ. ނަމަވެސް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި ކާވެނިތައް ކޮށްދިނުމާއި އެނޫންވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތައް މި މުއްދަތުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ.

ރިސެސްގެ ތެރޭގައި، ކޯޓުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ޤަވާޢިދުތައް މުރާޖަޢާކުރުމާއި، މުވައްޒަފުން މަސައްކަތަށް ހޭލުންތެރިކުރުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.