ފެމިލީ ކޯޓުގެ ޝަރީޢަތްތަކާއި ކޯޓުންދޭ ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށް ގެންދާނެ ގޮތުގެ ގަވާއިދު ފާސްކުރުން

ފެމިލީ ކޯޓުގެ ޝަރީޢަތްތަކާއި ކޯޓުންދޭ ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށް ގެންދާނެ ގޮތުގެ ގަވާއިދު، 15 މާރިޗު 2022 ގައި ފާސްކޮށް، 16 މާރިޗު 2022 ގައި ޢަމަލުކުރަން ޢާންމު މަޖިލީހުންވަނީ ނިންމާފައެވެ. މި ގަވާއިދުގައި ފެމިލީ ކޯޓުގެ ޝަރީޢަތްތަކާއި ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށް ގެންދާނެ ގޮތްތައްވަނީ ބަޔާންކުރެވިފައެވެ. މިގޮތުން އޮންލައިންކޮށް ފޯމު ހުށަހެޅުމާއި ކާވެންޏާގުޅޭ ޚިދުމަތްތައް ދިނުމާއި ޝަރީޢަތް ހިންގުމާއި ރިޕޯޓު ޙަވާލުކުރުން ހިމެނެއެވެ.