ކޮވިޑް-19އާއި ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ ދުވަސްތަކުގައި ފެމިލީ ކޯޓުން ޚިދުމަތް ހޯދުން

ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން، ދިވެހި ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވާފައިވާއިރު، މި މާރިޗު މަހުގެ 19 ވާ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރު ބަންދު ކުރެވިފައިވާ ދުވަސްތަކުގައި ފެމިލީ ކޯޓުގެ ޚިދުމަތް ދިނުމުގެ ގޮތުން، ކޮންމެހެން ކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއް ނުވަތަ އަމުރަކަށް އެދި ހުށަހެޅުމާއި ކައިވެނިކުރުމާއި ކައިވެނި ރުޖޫޢަކުރުމާއި ގުޅޭކަންކަން ކޯޓަށްހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ.

މައްސަލަ ހުށަހެޅުއްވުމަށް ފޯމް އީމެއިލް ކުރައްވާނީ [email protected] :

ކައިވެންޏާގުޅޭ ފޯމުތައް އީމެއިލް ކުރައްވާނީ:  [email protected]

އިތުރު މައުލޫމާތު ހޯދެވުމަށް ހޯމަ އަދި ބުދަދުވަހުގެ 10:00 އިން 14:00 އަށް ތިރީގައި އެވާ ނަންބަރުތަކުން ގުޅުއްވޭނެއެވެ.

މައްސަލަތައް ނުވަތަ އަމުރުތަކަށް އެދި ހުށަހެޅުމަށްޓަކައި: 

3340541

3340540

ކާވެނި ކުރުމާއި ކާވެނި ރުޖޫޢަކުރުމުގެ ކަންކަމުގައި:

3340655

3340658

3340663

ފައިސާއާގުޅޭ ކަންކަމުގައި:

3340515

3340516

ކޯޓަށް ދައްކަން ޙުކުމްކޮށްފައިވާ ޚަރަދު ފައިސާ ދެއްކެވުމަށް ޢަމަލުކުރަންވީގޮތް ތިރީގައިވާ ލިންކުން ލިބިލައްވާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކޯޓުތަކާއިއިދާރާތައް ބަންދު ދުވަސްވަރު ކޯޓަށް ދައްކަންޖެހޭ ފައިސާ ދެއްކުން