2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވާ އަންގާރަ ދުވަހަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭންކިންގ ޚިދުމަތްތައް ބަންދު ދުވަހެއްކަމުގައި ވާތީ، ފެމިލީ ކޯޓަށް ކޮންމެހެން ބަލައިގަންނަންޖެހޭ ފައިސާގެ ގޮތުގައި ކަނޑައެޅޭ ފައިސާ ފިޔަވައި، އެހެން އެއްވެސް ފައިސާއެއް ބަލައި ނުގަތުމަށް ނިންމާފައިވާކަން، ފެމިލީ ކޯޓުގެ ނަންބަރު 146-A2/2019/246 އިޢްލާނުން ޢާންމުކޮށް ވަނީ އަންގާފައެވެ. ނަމަވެސް 2020 ވަނައަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭންކިންގ ޚިދުމަތްތައް ފެށުމާއެކު، ކުރިއެކޭވެސް އެއްގޮތަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ފެމިލީކޯޓަށް ފައިސާ ބަލައިގަތުން ކުރިއަށް ދާނެއެވެ.