ފެމިލޯ ކޯޓުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ މައިގަޑު މައްސަލަތައް
ޢާއިލާއާބެހޭ ޤާނޫނު (4/2000)ގެ ދަށުން ބަލާ މައްސަލަތައް:
- ދެމަފިރިންގެ ދެމެދުގައި ހިނގާ އަރާރުންތަކާއި، އެކަކު އަނެކަކަށް ޚިޔާނާތްތެރިވެގެން ހުށަހަޅާ މައްސަލަތައް
- ބަލަދުވެރިކަން ސާބިތުކުރުމުގެ މައްސަލަތައް
- ނަޞަބު ސާބިތުކުރުމުގެ މައްސަލަތައް
- ޙަޟާނާ (ދަރިފުޅު އަތުލުމުގެ މައްސަލަތައް)
- މަރު ސާބިތުކުރުމުގެ މައްސަލަތައް.
- އަނބިމީހާއާ ކައިވެނި ހެޔޮނުވާ މީހަކާ އެއްފަދަކުރުމުގެ މައްސަލަތައް
- ކައިވެނި ފަސްޚުކުރުމާއި، ތަފްރީޤްކުރުމާއި، އެކަންކަމާބެހޭ މައްސަލަތައް
- ދަރިލެއްވުމުގެ މައްސަލަތައް
- ލިޢާނުގެ މައްސަލަތައް
- ދަރިއަކު ބަލާބޮޑުކުރުން އެހެން ފަރާތަކާ ޙަވާލު ކުރުމުގެ މައްސަލަތައް
- އީލާގެ މައްސަލަތައް
- ފެމިލީ ކޯޓުގެ މަސައްކަތްތައް ބެހިފައިވާ ތިން ބައިން ކުރެ ބައެއްގައި ނުހިމެނޭ ޖިނާއީ މައްސަލަތައް
- ކައިވެނިކޮށްދިނުމާއި، ރަޖިސްޓްރީ ކުރުމާއި، އެކަންކަމާ ބެހޭ އެންމެހާ ކަންތައްތައް.
- ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓަރީކޮށްދިނުން
- ވަރި ރަޖިސްޓަރީކޮށްދިނުން
- ވަރިއާބެހޭ ގޮތުން މައްސަލަ ޖެހިގެން ހުށަހަޅާ މައްސަލަތައް
- ނަފަޤާ ދިނުމުގެ މައްސަލަތަކާއި، ފިރިމީހާ އަނބިމީހާއަށް ނަފަޤާ ނުދޭތީ ނުވަތަ އެހީނުވާތީ ހުށަހަޅާ މައްސަލަތައް
- އަވަސް ނިޔާއަށް ބޭނުންވުމުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އަވަހަށް ނިންމިދާނެ ކަމަށް ފެންނަ، މިބައިގައި ބަޔާން ކުރެވިފައިވާ ބާވަތުގެ މައްސަލަތައް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2015/02/SC (08 ޖެނުއަރީ 2015) ސަރކިއުލަރގެ ދަށުން ބަލާ މައްސލަތައް:
- ހިބައާއިބެހޭ މައްސަލަތައް
- ވަޞިއްޔަތާއި ތަރިކައިގެ މައްސލަތައް
- ވާރިޘުން ގިންތިކުރުމުގެ މައްސަލަތައް
- މައިންބަފައިންގެ ގެދޮރަށް ވައްދައިދިނުމަށް އެދި ހުށަހަޅާ މައްސަލަތައް
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު (3/2012)ގެ ދަށުން ބަލާ މައްސލަތައް
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (19/2019)ގެ ދަށުން ބަލާ މައްސލަތައް