ކޯވިޑް 19 އާ ގުޅޭ

ކޯވިޑް 19 އާ ގުޅިގެން ޝާއިޢު ކޮށްފައިވާ ލިޔުން ޑައުންލޯޑް ކުރުމަށް ތިރީގައިވާ ލިންކަށް ފިއްތާލައްވާ

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކާވެނީގެ މަޖްލިސް ބާއްވައި ކާވެނީގެ ޢަޤުދު ކޮށްދިނުމުގެ އުޞޫލު

ޢާއްމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފެމިލީ ކޯޓުގެ ޝަރީޢަތްތައް ކުރިއަށްދާނެގޮތުގެ އުޞޫލު

އީމެއިލް މެދުވެރިކޮށް މައްސަލަ ހުށަހެޅުމާއި ޓެލެކޮންފަރެންސްކޮށް ޝަރީޢަތް ހިންގުމަށް ވާ އިޤްރާރު

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކާވެނިތަކާ ގުޅޭ އިޤްރާރު

ކޯޓުން ކައިވެނި ކޮށްދޭ ގަޑިތައް

އޮންލައިންކޮށް ކޯޓަށް ފޯމް ހުށަހެޅުން

މައްސަލައިގެ ދަޢުވާ ފޯމާއި ޝަރިޢާތާ ގުޅުން ހުރި ފޯމާއި ލިޔެކިޔުން އީމެއިލް ކުރައްވާނީ: [email protected]

ކާވެންޏާގުޅުންހުރި ފޯމުތަކާއި ލިޔެކިޔުން އީމެއިލް ކުރައްވާނީ :  [email protected]

އެހެނިހެން ލިޔެކިޔުންތައް އީމެއިލް ކުރައްވާނީ :  [email protected]

އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު އީމެއިލްއާއެކު އެޓޭޗްކުރެވިފައިވާ ޑޮކިއުމަންޓްތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައެވެ. އަދި އީމެއިލްއާއެކު އެޓޭޗްކޮށް ފޮނުވާ ޑޮކިއުމަންޓްތައް ސާފުކޮށް ކިޔަން އެނގެންވާނެއެވެ.

ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ހަލުވިކަމާއެކު ކޮވިޑް-19 ރޯގާ މިދުވަސްވަރު ފެތުރެމުންދާތީ، ކައިވެނިކުރުމަށް ހުށަހަޅާތާ 07 ދުވަހުގެ ތެރޭގައި ކައިވެނިތައް ހަމަނުޖެހި ލަސްވުން އެކަށީގެންވާ ވާހަކަ ސަމާލުކަމަށްޓަކައި ދެންނެވީމެވެ. އެހެންކަމުން، ކައިވެނިކުރުމަށް ހުށަހަޅާ ފަރާތްތަކުން ކުރިއާލާ ފޯމު ހުށަހަޅުއްވައިގެން ކައިވެނިތައް ހަމަޖެއްސުމަށް އިލްތިމާސްކުރަމެވެ.

ކޮވިޑް-19 ގެ ޙާލަތުގައި ފެމިލީ ކޯޓަށް މައްސަލައިގެ ދަޢުވާ ފޯމު ހުށަހަޅާނެ ގޮތުގެ އިރުޝާދު

ކޯޓަށް މައްސަލަ ހުށަހަޅާނީ

  • އީމެއިލް މެދުވެރިކޮށް [email protected]
  • ފެމިލީ ކޯޓުގެ ރިސެޕްޝަނުން (ޖަސްޓިސް ބިލްޑިންގ ފުރަތަމަ ފަންގިފިލާ)

މައްސަލަ ހުށަހެޅުމަށް، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

އީމެއިލް މެދުވެރިކޮށް ހުށަހަޅާއިރު ސަމާލުކަން ދޭންވީ ކަންކަން

  • ފޯމުގައި ފުރިހަމަ ކުރަން ބުނެފައިވާ ހުރިހާ ބައިތަކެއް ހުންނަންވާނީ ފުރިހަމަ ކޮށްފައެވެ.
  • ފޯމާއެކު ހުށަހަޅަން ބުނެފައިވާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ އެޓޭޗްކުރެވިފައެވެ.
  • ލިޔުންތައް ހުންނަންވާނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ސްކޭން ކޮށްފައެވެ.
  • ލިޔުންތައް ހުންނަންވާނީ PDF ފޯމެޓްގައި، ޞަފްޙާ ތަރުތީބުން، ހުސްގަނޑުތައް ނުހިމެނޭ ގޮތަށެވެ.
  • ލިޔުންތައް ހުންނަންވާނީ ކިޔަން އެނގޭގޮތަށް ސާފުކޮށް ސްކޭންކޮށްފައެވެ.
  • ފޮނުވާ މެއިލް އިތުރު އެއްވެސް ފަރާތަކަށް ސީސީ / ބީސީސީ ކޮށްގެން ނުވާނެއެވެ.
  • އީމެލްކުރާއިރު “Subject” ގައި ލިޔާނީ ހުށަހަޅާ ފަރާތުގެ ނަމާއި އައިޑީ ކާޑު ނަންބަރާއި ހުށަހަޅާ މައްސަލައިގެ ބާވަތެވެ.
  • ހުށަހަޅާފައިވާ ފޯމާ ގުޅިގެން ކޯޓުން މުޢާމަލާތުކުރާނީ ފޯމު ހުށަހެޅި އީމެއިލް އެޑްރެހަށެވެ.
  • ލިޔެކިޔުމެއްގެ އަސްލު ކޯޓަށް ހުށަހަޅަން ޖެހޭ ޙާލަތުގައި ކޯޓުން އަންގާ ގޮތެއްގެ މަތިން އެ ލިޔުމެއްގެ އަސްލު ކޯޓަށް ހުށަހަޅަންވާނެއެވެ.

އީމެއިލް ކުރާނެ ގޮތުގެ ނަމޫނާ

ފޯމު ފީ ދެއްކުން

  • ފޯމުގެ ފީ ދައްކަވާނީ މިނިސްޓްރީ އޮފް ފިނޭންސްގެ “ބަނޑޭރި ޕޭ” ޕޯޓަލް މެދުވެރިކޮށެވެ.
  • އީމެއިލް މެދުވެރިކޮށް އަދި ޑްރޮޕްބޮސް މެދުވެރިކޮށް ފޯމު ހުށަހަޅަންވާނީ ފޯމު ފީ ދެއްކުމަށްފަހުއެވެ.
  • ފޯމު ސެޓާއެކު ފައިސާ ދެއްކި ކަމުގެ ސްލިޕް އެޓޭޗްކުރަންވާނެއެވެ.
  • އެއްވެސް ސަބަބަކާހުރެ ފޯމު ބަލައި ނުގަތްނަމަވެސް، މި ފައިސާ އަނބުރާ ރައްދު ނުކުރެވޭއެވެ.
  • ޞުލްޙައަށް އެދި“، “ޚަރަދު ހޯދުމަށް އެދި“، “ޙުކުމް ތަންފީޛުކުރުމަށްއެދި” މި ފޯމުތައް ހުށަހަޅާއިރު ފޯމު ފީ ދައްކާކަށް ނުޖެހޭނެއެވެ.
  • ރިފަރެންސް ނަންބަރުގެ ގޮތުގައި ޖަހާނީ ހުށަހަޅާ ފަރާތުގެ އައިޑީކާޑު ނަންބަރާއި ހުށަހަޅާ މައްސަލައިގެ ފޯމުގެ ނަންބަރެވެ. ރިފަރެންސް ނަންބަރު ބަލާނެ ގޮތުގެ ނަމޫނާ ތިރީގައި އެވަނީއެވެ.

ފޯމުގެ ރިފަރެންސް ނަންބަރ

ފައިސާ ދެއްކުމަށް މަޢުލޫމާތު ފުރިހަމަ ކުރާނެ ގޮތުގެ ނަމޫނާ

މައްސަލަ ރަޖިސްޓްރީވެ ޤަޟިއްޔާ ނަންބަރު ލިބުމަށްފަހު ފޮނުވަންޖެހޭ އިތުރު ލިޔެކިއުންތައް ފޮނުވާނީ، މައްސަލަ ބަލާ ސެކްޝަނުގެ އީމެއިލް އެޑްރެހަށެވެ.

ފެމިލީ ކޯޓުގެ ޝަރީޢަތްކުރާ ސެކްޝަންތަކުގެ އީމެއިލް އެޑްރެސްތައް:

ބީ 2 ސެކްޝަން: [email protected]

ބީ 3 ސެކްޝަން: [email protected]

ބީ 4 ސެކްޝަން: [email protected]

ބީ 5 ސެކްޝަން: [email protected]

ބީ 6 ސެކްޝަން: [email protected]

ބީ 9 ސެކްޝަން: [email protected]

ބީ 10 ސެކްޝަން: [email protected]

އޮންލައިންކޮށް ކޯޓަށް ފައިސާ ދެއްކުން

ތިރީގައި އެވާ ޕޭމަންޓް ރިކުއެސްޓް ފޯމް ފުރިހަމަ ކުރެއްވުމުން، ފައިސާ ދެއްކުމަށް ބޭނުނަވާ ގޭޓްވޭގެ ލިންކް، އީމެއިލް މެދުވެރިކޮށް ފޮނުވޭނެ

.

ޕޭމަންޓް ރިކުއެސްޓް ފޯމް

  • ކާވެންޏާއި ގުޅޭ ފައިސާއެއް ނަމަ، ފައިސާ ދެއްކެވުމަށްފަހު ފައިސާދެއްކެވި ސްލިޕް [email protected] މެއިލަށް އީމެއިލްކުރައްވާ!
  • މައްސަލަ ހުށަހަޅާ ފޯމް ފީއެއް ނަމަ، ފައިސާ ދެއްކެވުމަށްފަހު ފައިސާދެއްކެވި ސްލިޕް [email protected] މެއިލަށް އީމެއިލްކުރައްވާ!