ޢާއްމުކޮށް އަމާޒުކުރެވޭ ސުވާލުތައް

ދެމަފިރިންގެ މައްސަލަތަކާއި ދަރިންގެ މައްސަލަތަކަކީ، ޢާއިލީ އެހެނިހެން މައްސަލަތަކާއި ޚިލާފު، ތަފާތު މައްސަލަތަކެކެވެ. ޚާއްޞަކޮށް ދެމަފިރިން ވަކިވުމަށް އެދޭ މައްސަލަތަކާއި ދަރިންގެ މައްސަލަތަކަކީ ނުހަނު ޙައްސާސްކަންބޮޑު ވަރަށް ޢާޠިފީ މައްސަލަތަކެކެވެ. ޤަބޫލުކުރާންޖެހޭ ޙަޤީޤަތަކީ މިފަދަ މައްސަލަތަކުގެ އިޖުރާއަތު ކުރިއަށްދާހިނދު، މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތަށްވެސް  ނުހަނު ފުން އިޙްސާސްތަކަކާއި އަސަރުތަކެއްކުރުވާކަމެވެ. މިފަދަ މައްސަލަތައް ދިމާވުމުން އެ މައްސަލަތަކުގައި ދެފަރާތް އެއްބަސްވާ އަދި އިންޞާފްވެރި ޙައްލެއް ހޯދުމަށްޓަކައި ކަންކުރާންވީގޮތާއި މެދު ބައެއް ފަރުދުންނަށް ސުވާލުއުފެދެއެވެ.

ވަރީގެ މައްސަލަތަކުގައި މައިގަނޑު ދެ ބައެއް ފާހަގަކުރެވެއެވެ. މިގޮތުން، ފުރަތަމަ ބަޔަކީ ސީދާ ވަރީގެ މައްސަލަތަކެވެ. ދެވަނަ ބަޔަކީ ވަރިއާގުޅިގެން އަންނަ އެހެނިހެންކަންތައްތަކެވެ. ވަރިކުރުމަށް ނުވަތަ ވަރިވުމަށްއެދި ހުށަހަޅާ މައްސަލަތަކުގައި ސުލްޙަވެރި ޙައްލެއް ހޯދުމަށް ކޯޓުން ވަރަށް ބޮޑަށް ބާރުއަޅައެވެ. އަދި މި ކަންކުރުމަކީ ޤާނޫނީގޮތުން ކޯޓަށް ލާޒިމްކުރާކަމެކެވެ. ވަރިއާގުޅިގެން އަންނަ އެހެނިހެން ކަންކަމަށް ބަލާލާއިރު އެކަންކަމުގެތެރޭގައި ހިމެނެނީ ދަރިންގެ ޙަޟާނަތާއި ދަރިންގެ ޚަރަދާއި ވަރިކުރި އަނބިމީހާއަށް ޚަރަދުދިނުމުގެ ކަންކަމެވެ.

ޢާއިލީ ޞުލްޙަވެހިންން، ޢާއިލާތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމުގައި، އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެނީ ޢާއިލާތަކަށް ދިމާވާ މައްސަލަތައް ނުވަތަ ދެބަސްވުންތައް ޝަރީޢަތުގެ މަޖިލިހުންބޭރުގައި ޙައްލުކުރުމަށް އިސްކަމެއްދީގެންނެވެ. ތިރީގައި އެވަނީ ޢާއިލީ ޞުލްޙަވެހިއާމެދު ޢާއްމުކޮށް ކުރެވޭ ސުވާލުތަކާއި އޭގެ ޖަވާބުތަކެވެ.

[accordions id=”2606″]