މިއީ، އަލަށް ކާވެނި ކުރުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ކާވެނި ކުރުމަށް މި ކޯޓަށް ފޯމު ހުށަހަޅާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކައިވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރިހަމަ ކުރާ ފޯމެވެ. އަލަށް ކައިވެނި ކުރުމަށް އެދޭ ދެފަރާތުންވެސް މި ފޯމު ފުރިހަމަ ކުރަންވާނެއެވެ.
ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ ދުވަސްތައް
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި ބުދަ ދުވަހުގައެވެ. މިއީ 04 (ހަތަރެއް) ގަޑިއިރުގެ ޕްރޮގްރާމެކެވެ.
ޕްރޮގްރާމް ފެށޭގަޑި: 16:00
ބްރޭކް ގަޑި: 18:00 އިން 19:00 އަށް.
ޕްރޮގްރާމް ނިމޭގަޑި: 21:00
ރަމަޟާން މަހުވެސް މި ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހާއި ބުދަ ދުވަހުގައެވެ.
ރަމަޟާން މަހު ޕްރޮގްރާމް ފެށޭގަޑި: 13:15
ރަމަޟާން މަހު ޕްރޮގްރާމް ނިމޭގަޑި: 15:30
އާދިއްތަ ނުވަތަ ބުދަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ދުރާލާ ސަރުކާރުން ހަމަޖައްސަވާފައިވާ (ކަލަންޑަރުގައި ފާހަގަކޮށްފައިވާ) ދުވަހެއްނަމަ އެ ދުވަހަކު މި ޕްރޮގްރާމެއް ނޯންނާނެއެވެ.
ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ ތަން
މި ޕްރޮގްރާމް ހިނގުމަށް ހަމަޖެހިފައިވަނީ މި ކޯޓުގެ ކާވެނި ކޮށްދިނުމާއި ރަޖިސްޓްރީ ކޮށްދިނުމާ ބެހޭ ބައި ( މި ކޯޓުގެ ހެންވެއިރު އިމާރާތް، މޫންލައިޓް ހިނގުން، ލޮނުޒިޔާރަތް ޕާކް ކުރިމަތި) ގައެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމު ހުށަހަޅާ ބޭފުޅުންގެ ތަރުތީބުން ފުރުޞަތު ލިބޭ ފަރާތްތަކަށް ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިފައިވާކަން އީމެއިލް ނުވަތަ މެސެޖެއްގެ ޒަރީޢާއިން ކޯޓުން އަންގާނެއެވެ.
މަޢުލޫމާތު ސާފުކުރުން
ނަންބަރު 3340658 އާއި 7509034 (ހަމައެކަނި ވައިބަރ މެސެޖް) މެދުވެރިކޮށް މި ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު ސާފުކުރެވޭނެއެވެ.
