2020 ޑިސެންބަރު 06 ވަނަ ދުވަހުން ފެށިގެން ހުރިހާ ކައިވެނި ފޯމްތައް ކޯޓުގެ ރިސެޕްޝަނުން އެކަނި ބަލައިގަތުމަށް ނިންމައިފި

ކޮވިޑް-19 ރޯގާގެ މި ހާލަތާ ގުޅިގެން ކައިވެނި ފޯމްތައް އީމެއިލް އަދި ޑްރޮޕް ބޮކްސް މެދުވެރިކޮށް މި ކޯޓަށް ބަލައިގަންނަމުން އައި ނަމަވެސް 2020 ޑިސެންބަރު 06 ވަނަ ދުވަހުން ފެށިގެން ކައިވެނި ފޯމްތައް އީމެއިލް އަދި ޑްރޮޕްބޮކްސް މެދުވެރިކޮށް ބަލައިގަތުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ.

ކައިވެންޏާ ގުޅިގެން ހުށަހަޅާ ފޯމުތަކުގެ ތެރެއިން “ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު“، “އެއްއަންބަށްވުރެ ގިނަ އަންބަށް ކާވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު“، “ރާއްޖޭން ބޭރުގައި ކުރާ ކާވެނި ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާ ފޯމު” އަދި “ކާވެނި ރުޖޫޢުކުރުމަށް އެދި ހުށަހަޅާ ފޯމު” 06 ޑިސެންބަރު 2020 އިން ފެށިގެން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:15 އިން މެންދުރު 13:00 އަށް ފެމިލީ ކޯޓުގެ ހެންވޭރު އިމާރާތުގެ ރިސެޕްޝަނުން އެކަންޏެވެ. ކައިވެނި ކުރުމަށްއެދި ހުށަހަޅާ ފޯމުތައް ހަމައެކަނި ރިސެޕްޝަނުން ބަލައިގަތް ނަމަވެސް އެހެނިހެން ފޯމުތައް ކޯޓުގެ އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަންނާނެއެވެ.