ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް، އައު އާންމު ހާލަތު ނުވަތަ ނިއު ނޯމަލްގެ ހާލަތުގައި ފެމިލީ ކޯޓުން ދެމުން ގެންދާ ޚިދުމަތްތަކާއި ބެހޭ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް، އައު އާންމު ހާލަތު ނުވަތަ ނިއު ނޯމަލްގެ ހާލަތުގައި ފެމިލީ ކޯޓުން ދެމުން ގެންދާ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

  1. މައްސަލައިގެ ދައުވާ ފޯމް ހުށަހެޅުން:
  • އީމެއިލް މެދުވެރިކޮށް – އީމެއިލް ކުރައްވާނީ registration@familycourt.gov.mv އަށް.
  • ޑްރޮޕް ބޮކްސް މެދުވެރިކޮށް – ޑްރޮޕް ބޮކްސް ބެހެއްޓިފައި ހުންނާނީ ޖަސްޓިސް ބިލްޑިންގ ފުރަތަމަ ފަންގިފިލާގައި، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 11:00 އަށް.
  1. ކައިވެންޏާގުޅޭ ފޯމުތައް ހުށަހެޅުން:
  • އީމެއިލް މެދުވެރިކޮށް – އީމެއިލް ކުރައްވާނީ marriage@familycourt.gov.mv އަށް.
  • ޑްރޮޕް ބޮކްސް މެދުވެރިކޮށް – ޑްރޮޕް ބޮކްސް ބެހެއްޓިފައި ހުންނާނީ ކައިވެނިކޮށްދިނުމާއި ރަޖިސްޓްރީކުރުމާބެހޭބައިގައި، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 11:00 އަށް.
  1. އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުން:
  • އީމެއިލް މެދުވެރިކޮށް – އީމެއިލް ކުރައްވާނީ information@familycourt.gov.mv އަށް.
  • ޑްރޮޕް ބޮކްސް މެދުވެރިކޮށް – ޑްރޮޕް ބޮކްސް ބެހެއްޓިފައި ހުންނާނީ ޖަސްޓިސް ބިލްޑިންގ ފުރަތަމަ ފަންގިފިލާގައި، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 11:00 އަށް.
  1. ކޯޓަށް ދައްކަންޖެހޭ ފައިސާ ބަލައިގަތުން:
  • ކޯޓަށް ދައްކަންޖެހޭ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް އެކަންޏެވެ. އޮންލައިންކޮށް ފައިސާ ދައްކާނެ ގޮތުގެ އިތުރު ތަފްސީލް ބެލުމަށް މި ލިންކް އަށް ފިތާލައްވާ.
  1. ކައިވެނި ޢަޤުދުކޮށްދިނުން:
  • ކޯޓުން ޢަޤުދުކޮށްދޭ ކައިވެނިތައް ޢަޤުދުކޮށްދިނުމަށް ހަމަޖެހިފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެކަންޏެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި މަޖްލިސް ބާއްވައި ކައިވެނި ޢަޤުދުކޮށްދިނުމުގެ އުސޫލު ބެލުމަށް މި ލިންކް އަށް ފިތާލައްވާ.

ކޯޓުގެ އެކި ސެކްޝަންތަކަށް ގުޅާނެ ނަންބަރުތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

ފެމިލީ ކޯޓު: 3340085

ޝަރުޢީ ސެކްޝަންތަކުގެ ފޯން ނަންބަރުތައް

3340526 – B2 (ޢާއިލީ އެހެނިހެން މައްސަލަތައް ބަލާ ސެކްޝަން)

3340534 – B3 (ޢާއިލީ އެހެނިހެން މައްސަލަތައް ބަލާ ސެކްޝަން)

3340538 – B4 (ތަރިކައިގެ މައްސަލަތައް ބަލާ ސެކްޝަން)

3340552 – B5 (ތަރިކައިގެ މައްސަލަތައް ބަލާ ސެކްޝަން)

3340524 – B6 (ޙުކުމް ތަންފީޒުގެ މައްސަލަތައް ބަލާ ސެކްޝަން)

3340576 – B9 (ޢާއިލީ އެހެނިހެން މައްސަލަތައް ބަލާ ސެކްޝަން)

3340558 – B10 (ތަރިކައިގެ މައްސަލަތައް ބަލާ ސެކްޝަން)

 

ސެކްޝަންތަކުގެ ފޯން ނަންބަރުތައް

3340540 –  (ރެޖިސްޓްރޭޝަން އެންޑް ކޭސްމެނޭޖްމަންޓް)

3340677 –  (ޢާއިލީ ސުލްހަ ވެހި)

3340661 –  (ކާވެނިކުރުމާއި ރަޖިސްޓްރީކުރުމާއި ބެހޭބައި)

3340570 –  (އިސްޤާޟީ ބިއުރޯ)

3340501 –  (އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް މެނޭޖްމަންޓް)

3340515 –  (ބަޖެޓް އެންޑް ފައިނޭންސް)

3340667 –  (އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ)

3340511 –  (ޕްރޮކިއުމަންޓް، ސްޓޮކް އެންޑް މެއިންޓަނަންސް)

3340658 –  (އަތޮޅުތަކާ ބެހޭބައި)

 

04 ޖުލައި 2020