Author Archives: suood

ސާބިތު ޚަރަދުގެ ފައިސާ ޙުކުމާއެއްގޮތަށް ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ޢާއްމުކޮށް ޝާޢިއުކުރާގޮތަށް ހަމަޖައްސަވައިފި

ސާބިތު ޚަރަދުގެ ފައިސާ ޙުކުމާއެއްގޮތަށް ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު، ކޮންމެ ތިންމަހުން އެއްފަހަރު ޢާއްމުކޮށް ޝާޢިއުކުރާގޮތަށް ހަމަޖައްސައި 02 އޮކްޓޯބަރ 2018 ގައި ވަނީ ޢާއްމުކޮށް އިޢުލާންކުރެވިފައެވެ. ސާބިތު ޚަރަދު ފައިސާގެތެރޭގައި ހިމެނެނީ، ކޯޓު މެދުވެރިކޮށް ދެއްކުމަށް އަންގާ ޙުކުމްކުރެވިފައިވާ ދަރިންގެ ޚަރަދާއި، އަނބިމީހާގެ ޚަރަދާއި، ޢިއްދާގެ ޚަރަދާއި، ވިހެމުގެ ޚަރަދުގެ ފައިސާއެވެ. 2018 ޖެނުއަރީ ...

Read More »

ފެމިލީ ކޯޓަށް ޤާޟީއަކު ހަމަޖައްސަވައިފި

   10 ޖުލައި 2017 އިން ފެށިގެން މި ކޯޓުގެ ޤާޟިކަމުގެ މަގާމަށް ބޭފުޅުކު ހަމަޖައްސަވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން މި ކޯޓަށް ހަމަޖައްސަވާފައިވަނީ ކުރިން ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި އއ.ފެރިދޫ/ސިޔާމާމަންޒިލް އަލްއުސްތާޛް އަޙްމަދު ޝަކީލް އެވެ.

Read More »

ފެމިލީ ކޯޓަށް 20 އަހަރު ވުމާއި ގުޅިގެން ކޯޓުގެ މުވައްޒަފުންގެ ފަރާތުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފި

ފެމިލީ ކޯޓުގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މުވައްޒަފުން އިސްނަގައިގެން ޚާއްޞަ ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާގެ މައިގަޑު އަމާޒަކީ މުވައްޒަފުންނާއި ޤާޟީން އެއްތަނަކުން ބައްދަލުވެ އުފާވެރި މާހައުލެއްގައި ޚިޔާލް ބަދަލުކޮށް ކޯޓުގެ އަމާޒްތަކަށް ވާސިލުވުމަށް މަގުފަހިކުރުމެވެ. މި ހަފްލާގައި ފެމިލީ ކޯޓު އުފެދުނީއްސުރެ މި އަދާއި ހަމައަށް ޚިދުމަތުގައި ދެމިތިއްބެވި 6 ...

Read More »