Author Archives: Ahmed Mausoom

ކޮވިޑް-19އާއި ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ ދުވަސްތަކުގައި ފެމިލީ ކޯޓުން ޚިދުމަތް ހޯދުން

ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން، ދިވެހި ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވާފައިވާއިރު، މި މާރިޗު މަހުގެ 19 ވާ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރު ބަންދު ކުރެވިފައިވާ ދުވަސްތަކުގައި ފެމިލީ ކޯޓުގެ ޚިދުމަތް ދިނުމުގެ ގޮތުން، ކޮންމެހެން ކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއް ނުވަތަ އަމުރަކަށް އެދި ހުށަހެޅުމާއި ކައިވެނިކުރުމާއި ކައިވެނި ރުޖޫޢަކުރުމާއި ގުޅޭކަންކަން ކޯޓަށްހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ. ...

Read More »

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، މައްސަލައިގެ ދަޢުވާ ފޯމު އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު ފެމިލީ ކޯޓުން ހުޅުވާލުން

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، މައްސަލައިގެ ދަޢުވާ ފޯމު އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު  ފެމިލީ ކޯޓުންވަނީ ހުޅުވާލާފައެވެ. އެގޮތުން މައްސަލައިގެ ދަޢުވާ ފޯމު ފުރުމަށްފަހު، ފޯމު އަދި ފޯމާއެކުގައި ހުށަހަޅަންޖެހޭ ޑޮކިއުމަންޓްތައް ސްކޭންކޮށް އީމެއިލްކުރާނީ ފެމިލީ ކޯޓުގެ،registration@familycourt.gov.mv  އަށެވެ. މައްސަލަ ރަޖިސްޓްރީވެ ޤަޟިއްޔާ ނަންބަރު ލިބުމަށްފަހު ފޮނުވަންޖެހޭ އިތުރު ލިޔެކިއުންތައް ފޮނުވާނީ، މައްސަލަ ބަލާ ...

Read More »

2020 ފެބުރުވަރީ 20 ވަނަ ދުވަހު ފެމިލީ ކޯޓުން ކާވެނި ޢަޤުދުކޮށްދިނުން

2020 ވަނަ އަހަރުގެ، ހުރިހައި ދުވަހެއްގައި ފެމިލީ ކޯޓުން ކާވެނިކޮށްދޭގޮތަށް ހަމަޖައްސާފައިވާއިރު، މިހިނގާ 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހަކީ، ފެމިލީކޯޓުގައި ގިނަ ޢަދަދެއްގެ ކާވެނި ކޮށްދިނުމަށް ހަމަޖެހިފައި ދުވަހެކެވެ. 2020 ފެބުރުވަރީ 20 ވަނަ ދުވަހު، ފެމިލީ ކޯޓުން ޖުމްލަ 64 ކާވެންޏެއް ކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ޝަރުޢީ ދާއިރާގެ ...

Read More »

2019 ޑިސެމްބަރު 31 ވަނަ ދުވަހު، ފެމިލީ ކޯޓަށް ފައިސާ ބަލައިގަތުން

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވާ އަންގާރަ ދުވަހަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭންކިންގ ޚިދުމަތްތައް ބަންދު ދުވަހެއްކަމުގައި ވާތީ، ފެމިލީ ކޯޓަށް ކޮންމެހެން ބަލައިގަންނަންޖެހޭ ފައިސާގެ ގޮތުގައި ކަނޑައެޅޭ ފައިސާ ފިޔަވައި، އެހެން އެއްވެސް ފައިސާއެއް ބަލައި ނުގަތުމަށް ނިންމާފައިވާކަން، ފެމިލީ ކޯޓުގެ ނަންބަރު 146-A2/2019/246 އިޢްލާނުން ޢާންމުކޮށް ވަނީ އަންގާފައެވެ. ...

Read More »

މަރުސާބިތުވިކަމުގެ ލިޔުމަށް އެދި ހުށަހަޅާ ފޯމު އިޞްލާޙުކުރެވިއްޖެ

މަރުސާބިތުވިކަމުގެ ލިޔުމަށް އެދި ހުށަހަޅާ ފޯމާ އެކުގައި ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި، މަރުސާބިތުކުރެވޭ މީހާގެ ކާވެނީގެ ސެޓްފިކެޓުގެ އަޞްލާއެކު، އޭގެ ކޮޕީ ހުށަހަޅަންޖެހޭގޮތަށްވަނީ، ފޯމު އިޞްލާޙުކުރެވިފައެވެ.

Read More »