ވިޝަން:

ޢާއިލާތަކުގެ ބިންގާ ހަރުދަނާގޮތުގައި އެޅުމަށް ޤާނޫނުގެ ތެރެއިން އެހީތެރިވެދެވި، ޢާއިލާތަކުގެ ތެރޭގައި ދިމާވާ މައްސަލަތަކަށް އަވަސްކަމާއެކު އިންޞާފު ހޯދައިދެވި، ޢާއިލާތައް ޙިމާޔަތްކޮށްދެވިފައިވުން

 

މިޝަން:

މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން، ޢާއިލާތަކުގެ ބިންގާ ހަރުދަނާ ގޮތުގައި އަޅައިދިނުމުގައި އެހީތެރިވެދިނުމާއި، ޢާއިލާތަކުގެ މެދުގައި ޢަދުލު އިންޞާފު ޤާއިމްކޮށްދީ، ޢާއިލާތައް ޙިމާޔަތްކޮށްދިނުން

 

ލަނޑުދަނޑިތައް:

.1ޢާއިލާތައް ޙިމާޔަތްކޮށް ދުޅަހެޔޮފާގަތި މުޖުތަމައެއް ބިނާކުރުމަށް ޤާނޫނުގެ ތެރެެއިން މަސައްކަތްކުރުން
.2އިތުބާރުކުރެވޭ އެކުވެރި މާޙައުލެއްގައި ޚިދުމަތްދިނުން  
.3ކޯޓުގެ މަސައްކަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތުގެ ފެންވަރު ހިފެހެއްޓުން
.4ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަކީ ތަމްރީނާއި ހުނަރު ލިބިފައިވާ އިލްމީ ޤާބިލު ބަޔަކަށް ހެދުމަށް މަސައްކަތްކުރުން
.5ކޯޓުގެ ނިޒާމް ހިންގުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށް، އަވަސްކަމާއެކު ޚިދުމަތް ދިނުމަށް މަސައްކަތްކުރުން

 

ކޯޓުގެ ވެލިއުސް:

1- ކޯޓަށް ފަސޭހައިން ވާޞިލުވެވުން
2- މަސައްކަތް ހަލުއިވުން
3- ޒިންމާދާރުވުން
4- އިންޞާފުވެރިވުން
5- ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އޮތުން